ނައިފަރުން މިއަދުވެސް ޕޮޒިޓިވް 40 ކޭސް

ޅ. ނައިފަރު -- ސަން ފޮޓޯ: އަހުމަދު ހަސަން

ޅ. ނައިފަރުން މިއަދުވެސް 40 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

މި ފާއިތުވި 24 ގަޑިއިރު ތެރޭ ރާއްޖެއިން 318 މީހުން ކޮވިޑަށް ޕޮޒޒިޓިވް ވެފައިވާއިރު ރަށްރަށުން 130 ކޭސް ފެނިފައި ވެއެވެ. އެއީ މާފުށިން 26 މީހަކު ބައްޔަށް ޕޮޒިޓިވްވި އިރު ނައިފަރުން 40 މީހަކު އަދި ތުލުސްދޫ އިން 12 މީހަކު އުކުޅަހުން 19 މީހަކު ވަނީ ޕޮޒިތިވް ވެފައެވެ.

ޅ. އަތޮޅު ހޮސްޕިޓަލުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިހާރު ނައިފަރުގައި ކޮވިޑު ޖެހިފައި ތިބި 155 މީހަކު އެބަތިއްބެވެ.

މިދިޔަ މާޗު މަހުގެ 23 ވަނަ ދުވަހު އެރަށުން ބަލި ފެނުނު ފަހުން 393 މީހަކު ބައްޔަށް ޕޮޒިޓިވްވެފައި ވެއެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭ ހިމެނެނީ ކޮންޓެކްޓުންގެ ގޮތުގައި 27 މީހަކު އަދި ޕްލޫ ކްލިނިކަށް ދެއްކި 12 މީހެއް ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

މިއަދާއި ހަމައަށް ރާއްޖެއިން ކޮވިޑަށް ޕޮޒިތވްވި މީހުންގެ ޖުމްލަ ވަނީ 29،370 އަށް އަރައިފަ އެވެ. ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ޖުމްލަ 4،585 އަށް އަރާފައިވާއިރު134 މީހަކު ތިބީ ހޮސްޕިޓަލުގަ އެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން 73 މީހަކު މަރުވެފައިވާއިރު ބަލިން ފަސޭހަވި ޖުމްލަ އަކީ 24،703 އެވެ. މިދިޔަ 24 ގަޑިއިރު ތެރޭ 128 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

comment ކޮމެންޓް