އައްޑޫސިޓީ ހުޅުމީދޫ މޮނިޓަރިން އަށް

އައްޑޫ ސިޓީ، ހުޅުމީދޫ

ކޮވިޑް19ގެ ކޭސްތަކެއް ފެނި އައްޑޫ ސިޓީ ހުޅުމީދޫ އަށް އަރާފެބުން މަނާކޮށްފި އެވެ.

އައްޑޫ ސިޓީ ހުޅުމީދޫ އަށް އަރާ ފޭބުން މަނާކޮށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ފޮނުއްވި ލިޔުމުގައި ވަނީ ކޮވިޑް19 އާއި ގުޅިގެން ބަލަންޖެހޭ ކަންތައް ބެލުމަށް އެޗްޕީއޭ އިން ވަކި ގޮތެއް އަންގަންދެން އެރަށަށް އަރާފޭބުން މަނާވާނެ ކަމަށެވެ.

ރާއްޖޭގެ ގިނަ ރަށްރަށުން ކޮވިޑް ކޭސްތައް ފެނި އެރަށްތައް މޮނީޓަރިން އަށް ލާފައިވާއިރު ފާއިތުވި ދެތިން ހަފްތާ ތެރޭ ރާއްޖޭގައި ބަލި ޖެހޭ މިންވަރު ދަނީ އިތުރު ވަމުންނެވެ. ރަށްތަކުގައި ހަލުވިކަމާއެކު ބަލި ދަނީ ފެތުރެމުންނެވެ.

އިއްޔެވެސް 400 އަށް ވުރެ ގިނަ މީހން ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވެފައިވާއިރު 29،052 މީހުންނަށް މިހާތަނަށް ވަނީ ބަލިޖެހިފައެވެ. 2،396 މީހަކު މިވަގުތުވެސް ބައްޔަށް ފަރުވާ ހޯދަމުންދނާއިރު 72 މީހުން ވަނީ ބަލީގައި މަރުވެފައެވެ.

comment ކޮމެންޓް