އައިފޯން 12އަށް އުރީދޫ 5ޖީ މިހާރު ލިބޭނެ

އައިފޯން 12 ގެންގުޅުއްވާ އުރީދޫ ކަސްޓަމަރުންނަށް މާލޭގެ ގިނަ ސަރަހައްދުތަކެއްގައި 5ޖީގެ ހަލުވި ސްޕީޑް މިހާރު ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އުރީދޫއިން ބުނީ އެ ހިދުމަތް ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށްވެސް ލިބޭނެކަމަށެވެ.

"5ޖީ ގެ ހިދުމަތް ލިބިގަތުމަށް އައިފޯން 12 ގެންގުޅުއްވާ ފަރާތްތަކުން އައިއޯއެސް 14.5 ނުވަތަ އެއަށްވުރެ ފަހުގެ ސޮފްޓްވެއަރއަކަށް އަޕްޑޭޓް ކުރުމުން ހިދުމަތްލިބިގެންދާނެ،" އުރީދޫއިން ބުންޏެވެ.

އުރީދޫ 5ޖީ ނެޓްވޯރކް އާއި އެކު 5ޖީ ހޯމް ބްރޯޑްބޭންޑްގެ ޚިދުމަތް މިދިޔަ ޑިސެމްބަރު މަހުގައި ވަނީ މާލޭގެ ބޮޑު ސަރަހައްދަކަށް ތައާރަފްކޮށްފައެވެ. އޭގެ ތެރޭގައި ގިނަ ވިޔަފާރިތައް ހިންގާ ސަރަހައްދުތައް، ހޮސްޕިޓަލް އަދި އާންމުން ދިރިއުޅޭ ސަރަހައްދުތައް ހިމަނާފައިވާކަމަށް އުރީދޫއިން ބުންޏެވެ.

"5ޖީ ޓެކްނޮލޮޖީ އާއި އެކު ލިބިގެންދާ ހައިސްޕީޑްގެ އިތުރުން އިންޓަނެޓާއި ކަނެކްޓްކުރުމުގައި ދިމާވާ ލަސްތައްވެސް އެތައްގުނައަކަށް ކުޑަވެގެންދާނެއެވެ. ގެންގުޅުއްވާ ފޯނަށް 5ޖީގެ ހަލުވި ސްޕީޑްގެ އިންޓަނެޓް ލިބިވަޑައިގަތުމާއިއެކު، މެދުކެނޑުމެއްނެތި އިންޓަނެޓްގެ ޚިދުމަތް ތަޖުރިބާކުރެވޭނެއެވެ."އުރީދޫއިން ބުންޏެވެ.

އޮންލައިންކޮށް ގޭމް ކުޅުމުގައި ދިމާވާ ލަސްތަކަށް ހައްލެއް ލިބި، ފިލްމް އަދި ސީރީޒް ޑައުންލޯކޮށްލަން ވިޔަސް ނުވަތަ ސްޓްރީމް ކޮށްލަންވިޔަސް މާ ގިނަވަގުތު ނުނަގާ، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކޮށްލެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

5ޖީ ގެ ޙިދުމަތް އިތުރަށް ފުޅާކުރުމާއެކު މިހާރު އައިފޯން 12، ވާވޭ ޕީ40 ޕްރޯ، ސެމްސަންގް ގެލެކްސީ ނޯޓް 20، ނޯޓ 20 އަލްޓްރާ، ސެމްސަންގ ގެލެކްސީ އެސް 21، އެސް 21+، އެސް 21 އަލްޓްރާ ހޭންޑްސެޓްސް ގެންގުޅުއްވާ އުރީދޫ ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް އުރީދޫ 5ޖީ ގެ ހަލުވި ސްޕީޑް މިހާރު ލިބިވަޑައިގަންނަވާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

އައިފޯން 12 ނަންގަވަން ބޭނުންވާފަރާތްތަކަށް އުރީދޫ މޯލްޑިވްސްގެ އީކޮމާރސް ޕްލެޓްފޯރމް މެދުވެރިކޮށް ބައްލަވައިގަނެވޭނެއެވެ. އަދި މީގެ އިތުރުން އުރީދޫއިން ލިބެންހުންނަ ހުރިހާ ފޮނުތަކެއް އިންސްޓާލްމަންޓްއަށް ނަންގަވަން ބޭނުންވާ ފރާތްތަކަށް މޯލްޑިވްސް އިސްލާމިކް ބޭންކް މެދުވެރިކޮށް ނެންގެވޭނެއެވެ.

މޫލީ މެދުވެރިކޮށް ބައްލަވައިގަތުމަށް http://ore.do/app އަށް ޒިޔާރަތް ކުރެއްވުމަށް އެ ކުންފުނިން އެދެ އެވެ.

comment ކޮމެންޓް