ވައްކަމެއްގެ ތުހުމަތުގައި ސިމްބޮލިކުގެ ލަވަކިޔުންތެރިއެއް ހޯދަން އިއުލާންކޮށްފި

ބޮޑުވައްކަމުގެ މައްސަލައަކާ ގުޅިގެން ސިމްބޮލިކް ރެކޯޑުގެ ލަވަކިޔުންތެރިޔާ ފުވައްމުލަކު ދިގުވާނޑު، ގެރަދޫގެ، އަހުމަދު އާދިލް (އެޑިލް) ހޯދަން އޭނާގެ ފޮޓޯ ފުލުހުން އާންމު ކޮށްފި އެވެ.

އުމުރުން 26 އަހަރުގެ އެޑިލްގެ ފޮޓޯ އާންމު ކުރަމުން ފުލުހުންގެ ވެބްސައިޓުގައި ބުނީ އޭނާ ހޯދަނީ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ގެއަކުން ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެން ކަމަށެވެ. އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތަކުން ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792803 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން މިފަހުން ވެސް ވަނީ ސިމްބޮލިކް ރެކޯޑުގެ މަޝްހޫރު ރެޕާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓު) ހައްޔަރުކޮށްފަ އެވެ. އޭނާގެ މައްޗަށް ބޮޑެތި ދައުވާތަކެއް ވެސް ވަނީ އުފުލައިފަ އެވެ.

comment ކޮމެންޓް