މީދޫ ބަނދަރު މަސައްކަތް ފަށަން ތައްޔާރު ވެއްޖެ

މީދޫ ބަނދަރު މަސައްކަތް ފަށަން ތައްޔާރުވެފައި --- ފޮޓޯ : އެމްޓީސީސީ

ދ. މީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ފަށަން ތައްޔާރުވެއްޖެ އެވެ.

ބަނދަރުގެ އަމަލީ މަސައްކަތް ފެށުމަށް ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާ އިރު އެ މަސައްކަތް ކުރިއަށް ގެންދަނީ އެމްޓީސީސީ އިންނެވެ.

މަޝްރޫއުގެ ދަށުން، ބަނދަރު ފުންކުރުމާއި 373 މީޓަރުގެ ބޭރުތޮށި ލުމާއި، 35 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 294 މީޓަރުގެ އެއްގަމުތޮށި ލުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 1،470 އަކަ މީޓަރުގެ ސަރަހއްދެއްގައި ޕޭވްމަންޓް ހެދުމުގެ އިތުރުން ނެރުބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެ އެވެ.
މީދޫ ބަނދަރު މަޝްރޫއަކީ 82.36 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ މަސައްކަތް ނިންމަން ހަމަޖެހިފައި ވަނީ 408 ދުވަހުގެތެރޭގަ އެވެ.

comment ކޮމެންޓް