ކައިޒީން ބޭނުންވަނީ މޮޑެލް ކުރުން ދޫކޮށްލައި ސިޔާސީ ދާއިރާއަށް ނުކުންނަން

މަޝްހޫރު މޮޑެލް ކައިޒީން ---

މަޝްހޫރު މޮޑެލް، އަދި ސޯޝަލް މީޑިއާގައި މަގުބޫލުކަން ހޯދާައިވާ ފާތިމަތު ޒަޔަން (ކައިޒީން) ބޭނުންވަނީ މޮޑެލް ކުރުން ދޫކޮށް، ސިޔާސީ ދާއިރާއަށް ނުކުންނަން ކަމަށް އޭނާ ބުނެފި އެވެ.

ޓީވީއެމްގެ "މިވަގުތު" ޕްރޮގްރާމުގައި މެހެމާނެއްގެ ގޮތުން ބައިވެރިވެ މިހާރު އެންމެ ކުރަން ބޭނުންވާ މަސައްކަތަކީ ކޮބާތޯ ޕްރެޒެންޓަރު ކުރި ސުވާލަށް ޖަވާބު ދެމުން އޭނާ ބުނީ، މިވަގުތު އެންމެ ބޭނުންވަނީ އަންހެނުން ބާރުވެރިކުރުމަށް މަސައްކަތް ކުރުމަށް ކަމަށެވެ.

"ކައި ބޭނުން ވަނީ، ވިމަން އެމްޕަވާމަންޓަށް މަސައްކަތް ކުރަން. މިހާރު ދެން ބޭނުން ވަނީ ބޮޑަށް ސިޔާސީ ދާއިރާއަށް ނުކުންނަން،" ކައިޒީން ބުންޏެވެ.

އެ ވާހަކައިގެ މާބޮޑު ތަފްސީލަކަށް ކައިޒީން ނުދެ އެވެ. މިއީ ސިޔާސީ ދާއިރާއަށް ޝައުގުވެރިކަން ހުރިކަން ކައިޒީން ފާޅުކުރި ފުރަތަމަ ފަހަރެވެެ.

ސިޔާސީ ދާއިރާއިން ޑޭޓަކަށް ދާން އެންމެ ބޭނުން ވަނީ ކާކާއެކުތޯވެސް ސުވާލުކުރުމުން އޭނާ ބުނީ ބޭނުންވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އަނބިކަބަލުން މެޑަމް ފަޒްނާ އަހްމަދްގެ ދެކަނބަލުންނާއެކު ޑޭޓަކަށް ދިޔުމަށް ކަމަށެވެ.

ވެރިކަން ކުރަން އެއް ދުވަހަށް ލިބިއްޖެ ނަމަ، ކުރާނެ ކަމަކީ ފަގީރުންނަށް އެހީތެެރިވުން ކަމަށްވެސް ކައިޒީން ބުންޏެވެ.

ކަޒީން ބުނިގޮތުގައި މިހާރު އޭނާ ގަސްތުކުރަނީ މޮޑެލް ކުރުން ދޫކޮށްލުމަށެވެ. އެއީ މިހާރު ތިބި މޮޑެލްއަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ބުންޏެވެ.

"ކުރިއަށް އެބަހުރި ޕްރޮޖެކްޓްސް، އެކަމަކު މިހާރު މި ފީލްޑުން ކުރިއަށްދާން ގަސްތު ނުުކުރަން. ބޮޑަށް ބޭނުންވަނީ، އެކަން ކުރަން ބޭނުންވާ ކުދިންނަށް އޮޕަޗުނިޓީސް ހޯދަދޭން،" ކައިޒީން ބުންޏެވެ.

މޮޑެލް ކުރުން ދޫކޮށްލާނެ ކަމަށް ކައިޒީން ބުނި ނަމަވެސް، "މިސް ރާއްޖެ"އަށް ވުމުގެ ފުރުސަތު ލިބިއްޖެ ނަމަ އެ ފުރުސަތުގެ ބޭނުން ހިފާނެ ކަމުގެ ފެހި ސިގްނަލް އޭނާ ދިނެވެ.

ކައިޒީން މިހާރު މިހާކާ ރަށްޓެހިވެގެންތޯ އުޅޭނީވެސް ސުވާލު ކުރި އެވެ.

"ކައި ސިންގަލްއެއް ނޫން. ވަރަށް ސީރިއަސް ރިލޭޝަންޝިޕެއްގައި މިއުޅޭނީ. ވީއާ ވެރީ މަޗް އިން ލަވް،" ކައިޒީން ބުންޏެވެ.

comment ކޮމެންޓް