ދިރާގު ޕޭ ފި-އެސް ސިސްޓަމްސްގެ ސޮފްޓްވެއާ ތަކުގައި ބޭނުންކުރެވޭނެ

ދިރާގު ޕޭ އިން ބޭނުން ކޮށްލަން ފަސޭހަ ޕޮއިންޓު އޮފް ސޭލްސް ފީއޯއެސް ސިސްޓަމެއް ކަމުގައިވާ ފިއެސް IdzLink އާ އިންޓަގްރޭޓް ކޮށްފިއެވެ. މިއާއެކު، ދިރާގު ޕޭ ގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު IdzLink ގެންގުޅޭ ރީޓެއިލް ފިހާރަތަކަށް މިހާރު ފައިސާ ދެއްކޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ފި-އެސްގެ ހިދުމަތްތައް ބޭނުންކުރާ ވިޔަފާރިތަކުގައި ފައިސާ ދެއްކުމަށް ދިރާގު ޕޭ ބޭނުން ކުރާއިރު، ސޭލް ނިމުމާއެކު ދިރާގު ޕޭ އިހުތިޔާރު ކުރުމުން ކަސްޓަމަރުގެ ފޯނަށް އޯޓީޕީ އެއް ލިބޭނެއެވެ. އޯޓީޕީ ދިނުމުންފައިސާ ދެއްކުނީއެވެ. އޮންލައިން ކޮށް ފިޔަފާރި ކުރާ ކަސްޓަމަރުންނަށްވެސް މި ޕީއޯއެސް މެދުވެރިކޮށް ދިރާގު ޕޭ އިން ފައިސާ ދެއްކޭނެ ކަމަށް ދިރާގުން ބުންޏެވެ،

ހަމައެއާއެކު، ދިރާގު ބިލް އަދި ރީލޯޑް ފަދަ ކަންތައްތައް ކުރުމަށްވެސް ފިހާރަތަކުން ފިއެސްގެ ޕީއޯއެސް އިން ފަސޭހަކަމާއެކު ކޮށްލެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

"މި ހިދުމަތާ ގުޅޭގޮތުން ދިރާގު ޕްރޮޑަކްޓް މެނޭޖަރު މޮބައިލް މަނީ އެންޑް ޑިޖިޓަލް ކޮމާސް މުހައްމަދު ނަހުޝަން ވިދާޅުވީ، ދިރާގުޕޭ އާއި IdzLink އިންޓަގްރޭޓް ކުރުމާއެކު IdzLink ބޭނުން ކުރާ ވިޔަފާރިތަކުން ފަސޭހަކަމާއި އިތުބާރާއި އެކު ދިރާގުޕޭއިން ފައިސާ ބަލައިގަނެވޭނެ ކަމަށެވެ.

"އަދި ދިރާގުޕޭ ކަސްޓަމަރުންނަށްވެސް ވިޔަފާރި ކުރެއްވުމަށް އިތުރަށް ފަސޭހަވެގެންދާނެ. އަޅުގަނޑުމެންގެ އަމާޒަކީ ދިރާގުޕޭ ވީހާވެސް ގިނަ މިފަދަ ޕްލެޓްފޯމް ތަކުގައި ބޭނުން ކުރެވޭނެ މަގު ފަހި ކުރުން" އޭނާ ވިދާޅުވި އެވެ.

ފި-އެސް ސިސްޓަމްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިކްރާމް ހަސަން ވިދާޅުވީ IdzLink އަކީ ފިހާރަތަކާ ކަސްޓަމަރުންނާއި ގުޅުވައިދީ، ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ހިދުމަތްތައް ފޯރުކޮށްދިނުމަށް އެހީތެރިވެދޭ، ހިލޭ އޮންލައިން ވިޔަފާރި އެޕްލިކޭޝަން އަދި ޑެލިވަރީ އެޕްލިކޭޝަން އެޅުމާއި ސެޓަޕް ހަދަން ބޭނުންކުރެވޭނެ ނިޒާމެއް ކަމަށެވެ.

"މި ކަމުގެ ސަބަބުން އަޅުގަނޑުމެންގެ އަދި ދިރާގުޕޭގެ ކަސްޓަމަރުންނަށް ވެސް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރަން. ފި-އެސް ގެ ސޮފްޓްވެއާތައް މެދުވެރިކޮށް ވިޔަފާރިތައް މުޅިން އޮޓޮމޭޓް ކުރެވޭނެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބްރާންޗްތައް ހުންނަ ވިޔަފާރިތަކަށް ވެސް ހެޑް އޮފީހުން އެ ބްރާންޗްތައް މި ނިޒާމުގެ ތެރެއިން ހިންގޭނެ" އޭނާ ވިދާޅުވި އެވެ.

ފިއެސް އަކީ ކޮބާ؟

ފިއެސް އަކީ ރާއްޖޭގެ ސޮފްޓުވެއާގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުންޏެވެ. އަދި މިހާރު ފިއެސްގެ ހިދުމަތްތައް ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުގައި ބޭނުންކުރެއެވެ. އޭގެ ތެރޭގައި އަގޯރާ، ސިމްޑީ ކޮމްޕެނީ، އެލިއާ އިންވެސްޓްމެންޓް، ނަލަހިޔާ ޓްރޭޑިންގް، ރިލެކްސް މޯލްޑިވްސް، ނޮލެޖް ބުކްޝޮޕް، ޗާންދަލިއާ ބުކްޝޮޕް، ޓެޕް ކޮންސްޓްރަކްޝަން، އެލް މޯބައިލް، ޕޭޖް ހާނޑްވެއަރ، ވެލިގާ ހާރޑްވެއަރ، ފިނޯ، ފޯކަސް ކޮމްޕިއުޓަރ، ރެފްކޫލް، މުނި އެންޓްރޕްރައިސް، ޝީޝާ، ސީލިންކް، ފްރީގާއިސް، އިންނަ މޯލްޑިވްސް، އޭސް ޓްރެވަލް ހިމެނެއެވެ.

comment ކޮމެންޓް