120 އެޕާޓްމަންޓުގެ ވަން ސެންޓްރަލް ޕާކުގެ ބިންގާ އަޅައިފި

އޭޕްރީލް 26، 2021: ވަން ސެންޓްރަލް ޕާކް އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭގައި މެދުފަންތީގެ މީހުންނަށް ހާއްސަކޮށްގެން ތަރައްގީކުރާ "ވަން ސެންޓްރަލް ޕާކް ރެޒިޑެންޝަލް ބިލްޑިން" ގެ ބިންގާ އަޅައިފި އެވެ.

އެ މަޝްރޫއަކީ ސެންޓްރަލް މޮރިޝަސް އާއި ރަޝީދު ކާޕެންޓްރީ ކޮންސްޓްރަކްޝަން (އާރުސީސީ) ގުޅިގެން ހިންގާ މަޝްރޫއެކެވެ.

ވަން ސެންޓްރަލް ޕާކް މަޝްރޫއުގެ ދަށުން އަޅާ ފްލެޓުތައް ނިންމަން ކަނޑައަޅާފައި ވަނީ 2023 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ މަޝްރޫއުގެ ދަށުން ތިން ކޮޓަރީގެ 120 އެޕާޓްމެންޓް ތަރައްގީ ކުރާނެ އެވެ.

އޭޕްރީލް 26، 2021: ވަން ސެންޓްރަލް ޕާކް އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ ބިންގާ އަޅައިދެއްވީ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލު އަހުމަދުގެ އިތުރުން އަސޯޓެކް ރިއަލްޓީ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ނީރަޖް ގުލާތީ އެވެ.

މި ޕްރޮޖެކްޓުގެ ދަށުން ތަރައްގީކުރާ އެޕާޓްމެންޓުތަކުގައި އެންމެ ޒަމާނީ ވަސީލަތްތައް ގާއިމް ކުރާއިރު ކުޑަކުދިންނަށް ހާއްސަ ޕްލޭ އޭރިއާ އާއި ރެޒިޑެންސް އަށް ހާއްސަ ޖިމް ފަދަ ވަސީލަތްތައްވެސް ގާއިމް ކުރާނެ އެވެ.

މި ފްލެޓުތަކުގެ އަގު އުޅެނީ 2.2 މިލިއަން ރުފިޔާގަ އެވެ.

comment ކޮމެންޓް