ލަމްސް ކިޗަންގެ ދެވަނަ އެޕިސޯޑުގައި ރޯމަންއާއި ޝެރާ

ލަމްސް ކިޗަންގެ ދެވަނަ އެޕިސޯޑް މީޑިއާނެޓް މަލްޓްސްކްރީންގައި ސްޓްރީމް ކުރަން ފަށައިފި އެވެ.

ލަމްސް ކިޗަންއަކީ ކައްކާ ޝޯއެއްގެ ޑްރާމާއާއި ޓޯކް ޝޯއެއްގެ މަޖާބައި އެކުލެވިގެންވާ ޝޯއެކެވެ.

ލަމްހާ ލަތީފް ހޯސްޓުކުރާ މި ޝޯގައި ފިލްމީ ތަރިން ބައިވެރިވެ، އެންމެ ރަހަމީރު ޑިޝް ކެއްކެނީ ކާކަތަށްތޯ ބަލަން ވާދަކުރެ އެވެ. އެގޮތުން ދެވަނަ އެޕިސޯޑުގައި ވާދަކުރާނީ ރޯމަންއާއި ޝެރާ އެވެ.

ދެވަނަ އެޕިސޯޑުގެ ޓްރެއިލާ މި ލިންކުން ބަލައިލެވޭނެ އެވެ. އަދި މުޅި އެޕިސޯޑު މީޑިއާނެޓް މަލްޓި ސްކްރީން އެޕްލިކޭޝަނުން ބަލައިލެވޭނެ އެވެ.

މީޑިއާނެޓް މަލްޓިސްކްރީން މެދުވެރިކޮށް ލައިވް ޓީވީ ޗެނަލްތަކާއި ވީޑިއޯ އޮން ޑިމާންޑް (ވީއޯޑީ) ފިލްމު އަދި ސީރީޒްތައް ފޯނު، ޓެބްލެޓް ނުވަތަ ޕީސީއިން ކަސްޓަމަރުންނަށް ބެލޭނެ އެވެ. އޭގެ ތެރޭގައި ބޭރުގެ ވީއޯޑީ ފިލްމުތަކާއި މަލްޓިސްކްރީންއަށް ހާއްސަ މީޑިއާނެޓްގެ އޮރިޖިނަލް އުފެއްދުންތައްވެސް ހިމެނެ އެވެ.

މަލްޓިސްކްރީން އެޕްލިކޭޝަން ގޫގްލް ޕްލޭސްޓޯރުންނާއި އެޕަލް އެޕްސްޓޯއިން ޑައުންލޯޑު ކުރެވޭނެ އެވެ.

މީޑިއާނެޓްގެ ފްރަންޓް އޮފީހަށް ޒިޔާރަތްކޮށްގެން ނުވަތަ މީޑިއާނެޓްގެ ވެބްސައިޓުން މަލްޓްސްކްރީން ހިދުމަތަށް އެދި ހުށަހެޅޭނެ އެވެ.

comment ކޮމެންޓް