ހިޔާނާތުގެ މައުލޫމާތު ސާފުކުރަން އަސްލަމް ނޫޅުއްވާ ކަމުގެ ތުހުމަތު!

ސަލާމަތީ ހިދުމަތްތަކާ ބޭހޭ ކޮމިޓީގެ މުގައްރިރު އަސްލަން: ހިޔާނާތުގެ ތަހުގީގުގެ މައުލޫމާތު ހޯދަން އޭނާ ނޫޅޭ ކަމަށް ތުހުމަތުވޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްއެމްޕީއާރުސީގެ ތަހުގީގާ ގުޅޭ ގުޅިގެން ހޮދަން ޖެހޭ މައުލޫމާތު ކަމާ ބެހޭ މުއައްސަސާތަކުން ހޯދުމަށް، މަޖިލީހުގެ ގައުމީ ސަލާމަތީ ކޮމިޓި (241 ކޮމިޓީ)ގެ މުގައްރިރު މުހައްމަދު އަސްލަމް މަސައްކަތް ނުކުރައްވާކަމަށް ތުހުމަތުކޮށްފި އެވެ.

އެގޮތަށް ތުހުމަތު ކުރެއްވީ، އެ ކޮމިޓީގައި ހިމެނިވަޑައިގެންވާ މެމްބަރު އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ.

މިދިޔަ މަހު 21 ވަނަ ދުވަހު މަޖިލިސް ރައީސަށް ހަސަން ލަތީފު ހުށަހެޅުއްވީ، އެކަމުގައި މިހާރުގެ މަޖިލިސް މެމްބަރުންނާއި ކުރީގެ މެމްބަރުންނަށް ވެސް ތުހުމަތު ކުރެވޭތީ، އެ ހިޔާނާތުގެ ތަހުގީގު މިިހާރު ގޮސްފައިވާ ހިސާބު ކަމާ ބެހޭ މުއައްސަސާތަކުން ސާފު ކުރުމަށެވެެ. އެހެންވެ، ރިޔާސަތުން ހަސަން ލަތީފު ހުށަހެޅުއްވި މައުލޫމާތު ހޯދުމަށް 241 ކޮމިޓީގައި އެދުމުން، ކޮމިޓީން ވަނީ އެކަމަށް ފަސްޖެހިފަ އެވެ.

މިއަދު މަޖިލިސް ޖަލްސާގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެ މައުލޫމާތު ހޯދުމަކީ، އެ ކޮމިޓީން މީގެ ކުރިން ބަލަން ފެށީ މައްސަލައަކަށް ބޭނުންވާ މައުލޫމާތެއް ކަމަށް ބުނެ، އެ މައުލޫމާތު ހޯދުން އެންމެ "އައުލާކަން ބޮޑީ" އެ ކޮމިޓީން ކަމަށް، ކޮމިޓީގެ ފަރާތުން މަޖިލިސް އިދާރާއަށް ދަންނަވާފައިފަ އެވެ.

ކޮމިޓީން އެ މައުލޫމަތު ހޯދުމަށް ފަސްޖެހޭތީވެ، އެކަމާ ގުޅިގެން ހަސަން ލަތީފު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، އޭނާ ހޯދަން ބޭނުންވި މައުލޫމާތަކީ ކޮބައިކަން އެކަމަށް އެދުނު ސިޓީން ސާފުވާނެ ކަމަށެވެ. އެހެން ނަމަވެސް އެކަމުގައި ކޮމިޓީން މަސައްކަތް ނުކުރާތީވެ، އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

"ޓޫފޯވަން ކޮމިޓީގެ މެމްބަރުން މި މައުލޫމާތު ހޯދުމަށް އެދެން ނިންމީމަވެސް އެކަން ނުކުރައްވާން ކޮމިޓީގެ މުގައްރިރު (އަސްލަމް) އެ އުޅުއްވަނީ ކީއްވެގެންބާއޭ ހިތައް އަރާ،" އެމްޑީޕީގެ ޗެއާޕާސަންކަން ވެސް ކުރައްވަމުން ގެންދަވާ ހަސަން ލަތީފުގެ ސިޓީއާއެކު ކުރެއްވި ޓްވީޓްގައި ވިދާޅުވި އެވެ.

ކޮމިޓީން އެ މައުލޫމާތު ހޯދުމަށް ފަސް ޖެހޭތީވެ، މަޖިލިސް ރައީސް އިއްޔެ ވަނީ އެ މައުލޫމާތު ކަމާ ގުޅުންހުރި މުއައްސާތަކުން ސާފު ކުރުމަށް އެދިވަޑައިގެންފަ އެވެ. އެގޮތުން އެކަންކަން ސާފު ކުރުމަށް ޕީޖީ އޮފީހާއި އެންޓިކޮރަޕްޝަން ކޮމިޝަން، އެސެޓް ރިކަވަރީ ކޮމިޝަން އާއި ފުލުހުންގެ ކިބައިން، ހަސަން ލަތީތު އެދިވަޑައިގެންވި މައުލޫމާތު ސާފުކޮށްދިނުމަށް އެދިވަޑައިގެންނެވި ކަމަށްް ރައީސް ނަޝީދު މިއަދު ވިދާޅުވި އެވެ.

https://sun.mv/151539

ހަސަން ލަތީފު ކުރެއްވި ތުހުމަތާ ގުޅިގެން އަސްލަމްގެ ބަހެއް އަދި ނުލިބެ އެވެ.

comment ކޮމެންޓް