ރަންވީރު އާ ޖެކަލީންގެ "ސާކަސް" މިއަހަރު

ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ރަންވީރު ސިންކް އާ ޖެކަލީން ފާނަންޑޭޒް އެކުގައި ފެނިގެންދާ ފިލްމު "ސާކަސް" މި އަހަރު ރިލީޒްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި ފިލްމަކީ ފިލްމީ ކެރިއަރުގައި ފުރަތަމަ ފަހަރަށް ރަންވީރު ޑަބަލް ރޯލަކުން ފެނިގެންދާ ފިލްމެވެ. ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވާއިރު މި ފިލްމަކީ ރޯހިތު ޝެޓީގެ ޑައިރެކްޝަނުގެ ދަށުން ރިލައެންސް އެންޓަޓެއިންމަންޓުން ޕްރޮޑިއުސްކުރާ ފިލްމެކެވެ. މި ފިލްމުގައި ދެ ވަނަ އަންހެން ލީޑު ކުޅޭނީ ބަތަލާ ޕޫޖާ ހެޖްއެވެ. މި ފިލްމަކީ ކޮމެޑީއެކެވެ.

އެކްޓަރު ރަންވީރުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ކައިވެނީގެ ފަހުން އަނބިމީހާ ދީޕިކާ ޕަދުކޯން އާއެކު ފުރަތަމަ ފަހަރަށް އެކުގައި ސްކްރީނުން ފެނިގެންދާ ފިލްމު "83" ހިމެނެ އެވެ. އަދި "ސޫރިޔަވަންޝީ" އާއި "ޖަޔޭޝީބާއި ޖޯޑާރް" ވެސް ހިމެނެ އެވެ. ފިލްމު "83" ޖޫން ހަތަރެއްގައި ރިލީޒްކުރާއިރު ސޫރިޔަވަންޝީ އަޅުވާ ތާރީޚު ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ. "ޖަޔޭޝީބާއި ޖޯޑާރް" ރިލީޒްކުރާނީ އޮގަސްޓް މަހުގެ 21 ވަނަ ދުވަހު އެވެ.

comment ކޮމެންޓް