ނަންބަރު ދޫކޮށްފައިހުރި ދޯނިތަކުން ލިމިޓެއްނެތި މަސްކިރާނެ: މިފްކޯ

މާޗް 22، 2020: މަސްމާރުކޭޓު ސަރަހައްދުގައި ދޯނިން މަސް ބޭލުމުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދުވަސްވަރަކީ ދެކުނުގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅު ދުވަސްވަރެއް ކަމަށާއި މިފްކޯގެ ފްރީިޒިން ކެޕޭސިޓީ އަށް ވުރެ އިތުރަށް މަސް ލިބެމުންދާތީ މަސް ކިރުވުމަށް ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ.

މިފްކޯ އިން ނެރުނު ބަޔާނެއްގައި ބުނީ މިހާރު ކިޔުގައި ހުރި ދޯނިތަކުގެ މަސްކިރައި ފްރީޒު ކުރުމަށް ވަގުތު ބޭނުންވާ ކަމަށާއި 25 އޭޕްރީލް އިން 28 އޭޕްރީލްގެ ނިޔަލަށް ދޯންޏަކުން ހަތަރު ޓަނުގެ މަސްކިރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

"މިގޮތަށް ހަމަޖެއްސި ނަމަވެސް، ކޫއްޑޫ އާއި އައްޑޫގައި މިހާރު ކިޔު ނަންބަރު ދެވިފައި ހުރި ދޯނި ފަހަރުގައި ހުރި މަސް ކޮންޓްރޯލު ކުރުމެއް ނެތި ގަންނަ ގޮތަށް ހަމަޖެހިފައި ވެއެވެ،" އެ ކުންފުނިން ނެރުނު ބަޔާނުގައި ބުންޏެވެ.

މިފްކޯ އިން ބުނީ މަސްވެރިންގެ ކަންބޮޑުުވުންތައް ބަލައިގަންނަ ކަމަށާއި ކުންފުނިން ދޭ ހިދުމަތަކީ މަސްވެރިންނަށް ފަސޭހަ ހިދުމަތަކަށް ހެދުމަށް މިފްކޯ އިން އަބަދުވެސް މަސައްކަތްކުރާ ކަމަށެވެ.

މިފްކޯ އިން ބުނީ ދޯނި ފަަހަރު ކިޔުގައި ހޭދަކުރާ ވަގުތު މަދު ކުރުމަށް ހުކުރު ދުވަހުވެސް މަސް ކިރި ކަމަށެވެ. އަދި ކޯލްޑް ސްޓޯރޭޖުތައް ފުރެމުންދާތީ ޖާހަހެދުމުގެ ގޮތުން ކެރިއާ ބޯޓުތައް ގެނެސް ލޯޑުކޮށް އެކްސްޕޯޓު ކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.

comment ކޮމެންޓް