މަރުވެފައި އޮއްވާ ފެނުނީ ކަރަންޓީނުގައި ހުރި މީހެއް

ކ. ދިއްފުށީގެ މަގެއްގައި ބަޔަކު މަޑުކޮށްލައިގެން: އެރަށު ފަޅުތެރެއިން މަރުވެފައި އޮއްވާ ފެނުނީ މީހަކީ ކަރަންޓީންގައި ހުރި މީހެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކ. ދިއްފުށީ ފަޅުތެރޭ މަރުވެފައި އޮއްވާ ފެނުނު އިންޑިއާ ފަތުރުވެރިޔަކީ އެރަށުގައި ކަރަންޓީނުގައި ހުރި މީހެއް ކަމަށް ފުލުހުން ބުނެފި އެވެ.

އުމުރުން 23 އަހަރުގެ އެމީހާ ދިއްފުށީ ފަޅުތެރޭ މަރުވެފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު މެންދުރު 1:15 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މިރޭ ބުނީ، އޭނާގެ ހަށިގަނޑު މިހާރު މާލެ ގެނެސްފައިވާ ކަމަށެވެ. އަދި ހަށިގަނޑުގެ ބޭރުން އެއްވެސް އަނިޔާއެއް ނެތް ކަމަށް ފުލުހުން ބުންޏެވެ.

"މި މީހާއަކީ، މިމަހު 19 ވަނަ ދުވަހުން ފެށިގެން އެރަށު ގެސްޓް ހައުސްއެއްގައި ކަރަންޓީނު ފުރިހަމަ ކުރަމުން ދިޔަ މީހެއް،" ފުލުހުން ބުންޏެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް