ގަމާއި ފޮނަދޫ މޮނީޓަރިން އަށް

ލ. ގަން (ފޮޓޯ/ވިޒިޓް ލާމު/ފޭސްބުކް)

ކޮވިޑް19 ގެ ކޭސްތަކެއް ފެނި ލ. ގަމާއި ފޮނަދޫ މޮނީޓަރިން އަށް ލައިފި އެވެ.

ގަމާއި ފޮނަދޫ މޮނީޓަރިން އަށް ލީ އިރު އެ އަތޮޅުގައި ސިނާއީ މަސައްކަތްކުރާ މާންދޫ ވެސް އޮތީ މޮނީޓަރިންގައެވެ.

ގަން ފޮނަދޫ ސަރަހައްދުން ބަޔަކު ޕޮޒިޓިވްވެ އެ ދެ ރަށް މޮނީޓަރިން އަށް ލާފައިވާއިރު ކޮންޓެކްޓް ޓްރޭސިން ހަދައި ސާމްޕަލް ނެގުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.ގަމުން ތިން ކޭސް އެއް ފެނިފައިވާ ކަމަށް އެ ރަށު ކައުންސިލުން ވަނީ ބުނެފައެވެ.

މިއާއެކު އެޗްޕީއޭ އިން ވަކި ގޮތެއް އަންނަގަންދެން އެ އިދާރާގެ ހުއްދަ ނެތި އެ ދެރަށަށް އަރައި ފޭބުން މަނާވާނެ އެވެ. ގަމާއި ފޮނަދޫ އަދި މާންދޫ ވެސް އޮންނަނީ އެއްފަސްކޮށް ގުޅާލައިފައެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ގިނަ ރަށްރަކަކުން ކޮވިޑުގެ ކޭސްތައް ދަނީ ފެންނަމުންނެވެ. ގިނަ ރަށްތަކެއް މޮނީޓަރިން އަށް ލާފައިވާއިރު އިއްޔެ އެކަނިވެސް 300 އަށް ވުރެ ގިނަ މީހުން ވަނީ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

comment ކޮމެންޓް