އުރީދޫ އާއި އެމްއެމްޑަބްލިއު މޯލްޑިވްސް ގުޅިގެން ބިދޭސިންނަށް ރޯދަވިއްލުން ބަހައިފި

އިފްތާރު ޕެކް ބެހުމުގެ މަސައްކަތުގައި އުރީދޫގެ ވޮލަންޓިއަރުން -- ފޮޓޯ: އުރީދޫ

އުރީދޫ މޯލްޑިވްސް އާއި މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް ގުޅިގެން މާލޭގައި ދިރިއުޅޭ ބިދޭސިންނަށް ރޯދަ ވީއްލުން ބަހައިފި އެވެ.

އުރީދޫ އިން ބުނީ މި ރޯދަ މަސް ނިމެންދެން ކޮންމެ ހުކުރު ދުވަހަކުވެސް ބިދޭސިންނަށް ރޯދަ ވީއްލުން ބެހުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

އުރީދޫ އާއި އެމްއެމްޑަބްލިއު މޯލްޑިވްސް ގުޅިގެން މިއަދު ވަނީ މާލޭ މާރުކޭޓު ސަރަހައްދުގައި އުޅުނު ބިދޭސިންނަށް ރޯދަވީއްލުމަށް 100 އިފްތާރު ޕެކް ބަަހައިފަ އެވެ.

މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް އަކީ ރާއްޖޭގައި އުޅޭ ބިދޭސިންގެ ހައްގުގައި މަސައްކަތްކުރާ އެންޖީއޯ އެކެވެ.

މީގެ ކުރިންވެސް އުރީދޫ އިން ވަކީ އެކި އެންޖީއޯ ތަކާ ގުޅިގެން ރާއްޖޭގައި އުޅޭ ބިދޭސިންގެ ތެރެއިން މުސްލިމު އާބާދީ އަށް ރޯދަ ވީއްލުން ދީފައެވެ.

comment ކޮމެންޓް