ޓްރީ ޓޮޕް ހޮސްޕިޓަލުން އެމްބާމިން ހިދުމަތް އަލުން ފަށައިފި

ޓްރީ ޓޮޕް ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓްރީ ޓޮޕް ހޮސްޕިޓަލުން އެމްބާމިން ހިދުމަތް އަލުން ދޭންފަށައިފިއެވެ.

އެމްބާމިންއަކީ މީހާ މަރުވުމަށްފަހު ގައުމުން ބޭރަށް ހަށިގަނޑު ފޮނުވަންޖެހޭ ހާލަތްތަކުގައި ހަށިގަނޑު ހަލާކު ނުވާގޮތަށް ރައްކާ ކުރުމެވެ.

އެ ހޮސްޕިޓަލުން މި ހިދުމަތް ފޯރުކޮށްދެނީ މަރުވެފައިވާ މީހާގެ ހަށިގަނޑަށް ގެއްލުން ނުވާނެހެން ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ސައިންސްގެ އެންމެ ފަހުގެ ޓެކްނިކްތައް ބޭނުންކޮށްގެން ސިއްހީ ދާއިރާގެ ބެސްޓް ޕެރެކްޓިސްތަކާއި އެއްގޮތަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މޯޗަރީ ހިދުމަތުގެ ދަށުން ރާއްޖޭގައި އަލަށް މި ހިދުމަތް ތައާރަފްކޮށްފައި ވަނީ ޖޫން 2، 2019 ގައެވެ. އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް އެމްބާމިން ޕްރޮސީޖާ ހަދާފައިވަނީވެސް ޓްރީ ޓޮޕް ހޮސްޕިޓަލުގައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގައި ބައިނަލްއަގުވާމީ ގަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތީން މި ހިދުމަތް ފޯރުކޮށްދެނީ ދުނިޔޭގެ ފެންވަރުގެ ލައިސެންސް ލިބި ވަޑައިގެންފައިވާ ކަމުގެ ތަޖުރިބާކާރު މާހިރުންގެ ޓީމަކުންނެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހުރިހާ ހިދުމަތް ތަކުގައިވެސް ބޭނުންކުރަނީ އެންމެ ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީ އެވެ.

comment ކޮމެންޓް