އެސްޓީއޯ ރަމަޟާން ބާޒާރުގެ މުއްދަތު މި މަހުގެ ނިޔަލަށް ދަންމާލައިފި

އެސްޓީއޯ ރަމަޟާން ބާޒާރު ޕްރޮމޯޝަނުގެ މުއްދަތު އިތުރުކޮށްފި އެވެ.

ރަމަޟާން ބާޒާރަކީ އެސްޓީއޯ އިން ކޮންމެ އަހަރަކު ވެސް ރޯދަ މަހާ ދިމާކޮށް ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. މީގެ ކުރިން ނިންމާފައި އޮތީ މާދަމާގެ ނިޔަލަށް ޕްރޮމޯޝަން ކުރިއަށް ގެންދިޔުމަށެވެ.

ނަމަވެސް އެސްޓީއޯ އިން އިއްޔެ ބުނީ ބާޒާރުގެ މުއްދަތު މި އެޕްރީލް މަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

ޕްރޮމޯޝަން ކުރިއަށްދާއިރު އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ވިއްކާ ގިނަ އައިޓަމްތަކަކުން އެކި ވަރުވަރުގެ ޑިސްކައުންޓް ލިބޭނެ އެވެ.

މިއަހަރު މުޅި ޕްރޮމޯޝަނުން ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތްތަކަށް އިނާމު ހުށަހަޅާފައި ވަނީ ޕެޖޭކުތަކުގެ ގޮތުގަ އެވެ.

އެއްވަނައަށް ހޮވޭ ފަރާތަކަށް ފިލިޕްސް އެލްއީޑީ 55 އިންޗީގެ ޓީވީއަކާއި ހިޓާޗީ ފްރިޖަކާއި ޓެކްނޯ ދޮންނަ މެޝިނެއްގެ އިތުރުން ފިލިޕްސް ސައުންޑްބާއަކާއި ސެންފޯޑް އަވަނެއް ލިބޭނެ އެވެ.

ދެވަނައަށް ހޮވޭ ނަސީބުވެރި ފަރާތަކަށް ހުށަހަޅާފައި ވަނީ ފިލިޕްސް އެލްއީޑީ 55 އިންޗީގެ ޓީވީއަކާއި ހިޓާޗީ ފްރިޖަކާއި ހިޓާޗީ ވެކިއުމް ކްލީނަރެއްގެ އިތުރުން ކުކާ އެކެވެ.

ތިންވަނައަށް އޭއޯސީ 43 އިންޗީގެ ސްމާޓް ޓީވީއަކާއި ހިޓާޗީ ދޮންނަ މެޝިނަކާއި ހިޓާޗީ ވެކިއުމް ކްލީނަރެކެވެ.

ޕްރޮމޯޝަން ކުރިއަށްދާއިރު ވިޔަފާރި ކުރާ ފަރާތްތަކަށް ސަޕްރައިޒް އިނާމުތަކެއް ވެސްދެ އެވެ.

comment ކޮމެންޓް