އަރްޖުން ރާމްޕާލް ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ބޮލީވުޑްގެ މަގްބޫލު އެކްޓަރު އަރްޖުން ރާމްޕާލް ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެކްޓަރުގެ އިންސްޓަގްރާމުގައި އެ ޚަބަރު ހިއްސާކުރަމުން ބުނީ ފާއިތުވި 10 ދުވަސްތެރޭ އޭނާ އާ ބައްދަލުވި އެންމެން ވެސް ކޮވިޑަށް ޓެސްޓުކުރުން ބުއްދިވެރިކަމަަށާއި ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުމާ އެކު ވަގުތުން އައިސޮލޭޓްވި ކަމަށެވެ.

އަރްޖުން ބުނީ އޭނާގެ ހާލު ރަނގަޅުކަމަށާއި ބޭސްފަރުވާގެ ކަންތައް ވެސް ކުރިއަށްދާ ކަމަށެވެ. އަދި މިވަގުތަކީ އޭނާއަށް ވަރަށް ބިރުވެރި ވަގުތެއް ކަމަށާއި ނަމަވެސް އެންމެ އެކުގައި ގުޅިގެން ކޮރޯނާ އާ ހަނގުރާމަކުރެވޭނެ ކަމަށެވެ.

އެކްޓަރު އަރްޖުން ރާމްޕާލް ދެން އެންމެފަހުން ފެންނާނީ ކަންގަނާ ރަނައުތުގެ "ދާކަޅް" އިންނެވެ. މި ފިލްމަކީ ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެނިގެންދާ ފިލްމެކެވެ. ސޮހައިލް މަޚްލާއީ ޕްރޮޑިއުސްކޮށް ރަޒްނީޒް (ރާޒީ) ގާއީ ޑައިރެކްޓްކޮށް އުފައްދާ ފިލްމެކެވެ.

comment ކޮމެންޓް