ދަ އައިލެންޑް ސެޝަންސްގެ މެއިން ސްޕޮންސަރަކަށް އުރީދޫ

ދަ އިކޯ އޯގްގެ ވާޗުއަލް ޓޯކް ސީރީޒް ދަ އައިލެންޑް ސެޝަންގެ މެއިން ސްޕޮންސަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފި އެވެ.

ރާއްޖޭގެ ލީޑިން އެންޓްރަޕްރެނެއަރުންނާއި އިންވެސްޓަރުން އަދި ރިސާޗަރުންނާއި ދުނިޔޭގެ އެކި ސަރަހައްދުތަކުން ކަމާ ގުޅުން ހުރި ދާއިރާތަކުގެ އެކްސްޕާޓުން ބައިވެރިކޮށްގެން ކުރިއަށް ގެންދާ މި ސެޝަންތަކުގައި އެކި ދާއިރާތަކުން މަޝްވަރާކޮށް ހިޔާލު ބަދަލުކުރާނެ އެވެ.

މި އިވެންޓު ހޮސްޓުކުރާނީ ކްރޮސްރޯޑްސްގައި ހުންނަ "ޔޯ ސްޕޭސް" އާ ގުޅިގެން "ދަ އައިލެންޑް ލެބް" އިންނެވެ. މި އިވެންޓުގައި އެންްރަޕްރެނިއާޝިޕް، ސަސްޓެއިނެބިލިޓީ އަދި ފްރަންޓިއާ ޓެކްނޮލަޖީސް އާ ގުޅޭގޮތުން ވާހަކަ ދައްކައި ހިޔާލު ބަދަލު ކުރާނެ އެވެ. މި ސީރީޒްގައި ސްޓާޓްއަޕްސް، ޕްރޮޑަކްޓް ޑިޒައިން އަދި ޑިވެލޮޕްމެންޓާ ގުޅޭ ދާއިރާތަކުން ހިޔާލު ބަދަލުކޮށް މަޝްވަރާ ކުރާނެ އެވެ.

މި ސެޝަންތައް އޮންލައިންކޮށް ސްޓްރީމު ކުރާނެއެވެ. އަދިއާންމުންނަށް މި ސެޝަންތައް ބެލުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

އެންމެ ފުރަތަމަ ސެޝަން މެއި 11 ވަނަ ދުވަހު ބާއްވާއިރު އެ ސެޝަންގައި ހިޔާލު ބަދަލުކޮށް މަޝްވަރާ ކުރާނީ މިހާރުގެ އިންވެސްޓިން ޓްރެންޑުތަކާއި ކޮވިޑު ބަލިމަޑުކަމަށްފަހު އެންޓަޓެއިންމެންޓު އިންޑަސްޓްރީގެ މުސްތަގުބަލާ ގުޅޭގޮތުންނެވެ. އެ ސެޝަންގައި ހޮލީވުޑްގެ އެކްޒެކެޓިވް ޕްރޮޑިއުސަރު އަދި އިންވެސްޓުމެންޓު މެނޭޖަރު ބިލް ލިޝެކްވެސް ބައިވެރިވާނެ އެވެ.

މި ސެޝަންތަކުގައި ބައިވެރުވުމަށް ދަަ އައިލެންޑް ލެބްގެ ވެބްސައިޓު މެދުވެރިކޮށް ރެޖިސްޓާ ވެވޭނެ އެވެ.

comment ކޮމެންޓް