މަޑިހާ ސަން ބަދިގެ: ފްރުޓީ ސޭންޑްވިޗް

މި ރޯދަ މަހުގެ މިހާތަނަށް އައި އިރު ސަން ބަދިގޭގައި އަދި ފޮނިއެއްޗެއް ތައްޔާރެއް ނުކުރެވެ އެވެ. އެހެންވީމާ މިއަދު ރަހަތަފާތު ކޮށްލާނަމެވެ. މިއަދު ތައްޔާރުކޮށްލާނީ މޭވާގެ ބާވަތްތަކެއް ބޭނުންކޮށްގެން ތައްޔާރު ކޮށްލެވޭނެ ފުރުޓީ ސޭންޑްވިޗް އެވެ.

ބޭނުންވާނެ ތަކެތި

  • 4 ފޮތި ޕާން
  • 250 އެމްއެލް ވިޕިންގް ކްރީމް
  • 50 އެމްއެލް ގެރިކިރު
  • 1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް
  • 8 ސްޓްރޯބެރީ
  • 8 ކިވީ
  • 1 އޮރެންޖް

ތައްޔާރުކުރާނެ ގޮތް

އެންމެ ފުރަތަމަ ވިޕްކްރީމް އާއި ގެރިކިރު އަދި ވެނީލާ އެސެންސް އެއްކޮށް ކްރީމް ގަނޑު ރަނގަޅަށް ވިޕްވަންދެން ގިރާލާނީ އެވެ. އެގޮތަށް ގިރާއިރު ހޭންޑް މިކްސާއަކުން ނުވަތަ މިކްސާއަކުވެސް ގިރާލެވިދާނެ އެވެ.

ދެން އެ ކްރީމް ޕާންފޮތީގައި އުނގުޅާލާށެވެ. އެއަށްފަހު ކްރީމްގަނޑުގެ މަތީގައި މޭވާތައް އަތުރާލާށެވެ. އަނެއްކާވެސް ކްރީމް އަޅައި އޭގެ މައްޗަށް މޭވާ އަޅައި ތަކުރާރު ކޮށްލާށެވެ. އެއަށް ފަހު މަތީގައި ޕާން ފޮއްޗެއް ބާއްވާށެވެ.

ސޭންޑްވިޗް ތައްޔާރުކޮށް ނިމުމުން އެއްގަޑިއިރު ފްރިޖްގައި ބަހައްޓާލާށެވެ.

ޓައިޓްލް ސްޕޮންސާ: މަޑިހާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ލޮކޭޝަން ޕާޓްނާ: ޓައިޑްސް ކެފޭ
ގްރެފިކްސް: މޫސާ ޝިފާޒް
ވީޑިއޯ އަދި އެޑިޓިންގް: އިބްރާހިމް އިފާޒް، މުހައްމަދު ޝަފީއު

މަޑިހާ ކޮމްޕެނީއަކީ 1985 އިން ފެށިގެން ރާއްޖެއަށް ތާޒާ މޭވާ، ތަރުކާރީ އަދި ފިނިކުރި މަހުގެ ބާވަތްތައް އިމްޕޯޓުކޮށް ޑިސްޓްރިބިއުޓުކުރާ ކުންފުންޏެކެވެ. އިތުރު މައުލޫމާތު، މަޑިހާ ކޮމްޕެނީގެ ވެބްސައިޓުން ލިބޭނެއެވެ.

comment ކޮމެންޓް