ބަތަލާ ހީނާ ޚާންގެ ބައްޕަ މަރުވެއްޖެ

ޓީވީ ޑްރާމާތަކުންނާއި ފިލްމުތަކުން ފެނިގެންދާ ކުޅަދާނަ އެކްޓަރު ހީނާ ޚާންގެ ބައްޕަ މަރުވެއްޖެ އެވެ.

ހީނާގެ ބައްޕަ ކުއްލިގޮތަކަށް މަރުވީ ހާޓްއެޓޭކެއް ޖެހިގެންނެވެ. ބައްޕަ މަރުވި އިރު ބަތަލާ ހުރީ ކަޝްމީރުގައި މިއުޒިކް ވީޑިއޯއެއްގެ ޝޫޓިންއަށް ގޮހެވެ. ބައްޕަ މަރުވި ކަމުގެ ޚަބަރާއެކު ވަގުތުން މުމްބާއީ އަށް ހީނާ ވަނީ އައިސްފަ އެވެ.

ހީނާގެ ބައްޕަ މަރުވި އިރު ހީނާ އަށް ތާއީދު ކުރާ ގިނަ މީހުންނެއް އަންނަނީ އެ އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ. ބަތަލާ ހީނާގެ ގިނަ އިންޓަވިއުތަކުގައި ފާހަގަކޮށްފައިވާ ގޮތަށް އޭނާއަކީ ވަރަށް ބައްޕަ މީހެކެެވެ. އޭނާގެ އިންސްޓަގްރާމުގައި ވެސް ވަރަށް ގިނައިން ބައްޕަގެ ފޮޓޯތަކާއި ވީޑިއޯތައް އާންމުކުރެއެވެ.

comment ކޮމެންޓް