އޭދަފުށިން ކޮވިޑްގެ އިތުރު ކޭސްތަކެއް ފެނިއްޖެ

ބ. އޭދަފުށީ މަގެއް މަތިން - ފޮޓޯ/ އޭދަފުށި ޓައިމްސް

ބ. އޭދަފުށިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ހަތަކަށް އަރައިފި އެވެ.

އިއްޔެ ހަވީރު، ބަލީގެ އަލާމާތްތަކާއެކު އޭދަފުށީ ފްލޫ ކްލިިނިކަށް ދެއްކި އަންހެނަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފަ އެވެ. އަދި ރޭ ފްލޫ ކްލިނިކަށް ދެއްކި 50 އަހަރުގެ ފިރިހެނަކު ވެސް ވަނީ ޕޮޒިޓިވް ވެފަ އެވެ.

އެއާއެކު ކޮންޓެކްޓް ޓްރޭސިން ކުރިއަށް ގެންގޮސް، 12 މީހެއްގެ ސާމްޕަލް ވަނީ ނަގައިފަ އެވެ. އޭގެ ތެރެއިން ފަސް މީހެއްގެ ސާމްޕަލް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. މިވަގުތު ނަތީޖާ ނުލިބޭ އެއްވެސް ސާމްޕަލް އެއް ނެތް ކަމަށް އެރަށުގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލުން ބުންޏެވެ.

މީގެކުރިން އޭދަފުށިން މުޅިން ވެސް ޕޮޒިޓިވްވެފައި ވަނީ ހޯމް ކަރަންޓީނުގައި ތިބި މީހުންނެވެ.

ހޮސްޕިޓަލުން ބުނި ގޮތުގައި ފްލޫ ކްލިނިކަށް ދެއްކި ދެމީހުން، އެކަކު އަނެކަކާ ބައްދަލުވެފައެއް ނުވެ އެވެ. އެހެންކަމުން އެ ރަށުގައި ކޮވިޑްގެ ދެ ކްލަސްޓާއެއް މިވަގުތު އެބަ އޮތެވެ.

ރަށުން ޕޮޒިޓިވް ކޭސް ތަކެއް ފެނުމާއެކު، މިވަގުތު މޮނީޓަރިން ހާލަތުގައި އޮތް އޭދަފުށީގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށްފަ އެވެ.

comment ކޮމެންޓް