ގެޓް އިން ދަ ޒޯން: ގްލޫޓް އެކްޓިވޭޓުކުރަން އެކްސަސައިޒްތަކެއް

ފިޓްޒޯންއާ ގުޅިގެން ސަން އިން މި ރޯދަމަހު ގެނެސްދޭ "ގެޓް އިން ދަ ޒޯން"އަކީ ގޭގައި ހުރެގެން އަމިއްލައަށް ހެދޭނެ ފަސޭހަ ކަސްރަތުތަކެއް ގެނެސްދޭ ސީރީޒެކެވެ.

ގެޓް އިން ދަ ޒޯންއިން މިއަދު ގެނެސްދެނީ ގްލޫޓް ނުވަތަ ފުރަގަސްފަރާތުގެ މަސްތައް އެކްޓިވޭޓުކުރުމަށް ހާއްސަ ކަސްރަތުތަކެކެވެ.

ފިޓްޒޯންގެ އިންސްޓްރަކްޓާ މަރިޔަމް ސައީދާ، މި ވީޑިއޯގައި ތަފާތު ފަސް އެކްސަސައިޒެއް ދައްކައިދެއެވެ.

  • ޕަލްސް ސްކޮޓްސް (15 ރެޕްގެ 3 ސެޓް)
  • ސްކޮޓްސް (15 ރެޕްގެ 3 ސެޓް)
  • ކްރެބް ވޯކް (15 ރެޕްގެ 3 ސެޓް)
  • ޑޮންކީ ކިކް
  • ފަޔަރ ހައިޑްރަންޓް

ފިޓް ޒޯންގެ އެހީތެރިކަމާއިއެކު ސަން އިން މި ގެނެސްދޭ 'ގެޓް އިން ދަ ޒޯން' މި ވީޑިއޯ ސީރީޒްއަކީ މި ރޯދަމަހުވެސް ގޭގައި ތިބެގެން ދުޅަހެޔޮކަމާއިއެކީ މި ދުވަސްތައް ހޭދަކުރުމަށް ބޭނުންވާނެ ވޯކްއައުޓްސް ތަކެއް ގެނެސްދިނުމެވެ. މި ކަސްރަތުތައް ކުރުމަށް މާ ބައިވަރު އިކުއިޕްމަންޓްތަކެއް ބޭނުމެއް ނުވާނެ އެވެ. އަދި ކަސްރަތުތައް ކުރަންވީ ގޮތް އިންސްޓްރަކްޓަރު ނިކަން ތަފްސީލާއި އެކު ކިޔައިދެމުން ދާނެ އެވެ.

comment ކޮމެންޓް