އެޗްޑީސީއިން ހުޅުމާލޭގައި ފައިބަރ ނެޓްވޯކް އެޅުމުގެ މަސައްކަތުގައި ކުރިއަށް

އެޗްޑީސީއިން ހުޅުމާލޭގައި ފައިބާނެޓްވޯކް އެޅުމުގެ މަސައްކަތް ކުރިއަށް--

ދުނިޔޭގެ ގިނަގައުމުތަކުގައި ތަރައްގީ ކޮށްފައިވާ ޓެލެކޮމް ވިއުގާތަކަކީ ދުރު މުސްތަގުބަލަށް ބޭނުން ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ވިއުގާ ތަކެކެވެ. މިއީ ރާއްޖެގައި މުުޅިން އަލަށް ތައާރަފްވެގެން ދާނެ ކޮންސެޕްޓެކެވެ. މިފަދަ ނެޓްވޯކްތަކަށް ކިޔާ އުޅޭނަމަކީ، އޯޕަން އެކްސެސް ނެޓްވޯކް ނުވަތަ މުނިސިޕަލް ނެޓްވޯކެވެ. ނިއުޒިލެންޑް، ދެކުނު އެމެރިކާގެ ޤައުމުތަކާއި އަދި ޔޫރަޕްގެ ގައުމުތަކުންވެސް މިފަދަ ނެޓްވޯކްތައް ބޭނުންކުރަމުން ދެއެވެ.

މި ނެޓްވޯކްތައް އަޅަން ބޮޑެތި ހަރަދުތައް ހިނގަ އެވެ. ސަބަބަކީ މި ނެޓްވޯކްތައް ބިނާކުރެވެނީ ގިނަފަހަރަށް ބިމުގެ އަޑީގައި ކަމަށްވެފައި، ކޭބަލްތައް އެޅުމުގެ ކުރިން ވަކި ހޮޅިލައިނެއް ނުވަތަ ޑަކްޓް ނެޓްވޯކެއް އަޅަންޖެހުމެވެ. މީގެ އިތުރުން ނެޓްވޯކްގެ ބައިތައް އެކި ހިސާބުތަކަށް ފޯރުކޮށްދިނުމަށްޓަކައި މޭންހޯލް، ހޭންހޯލް އަދި ޓާމިނޭޝަން ފޮށި އެކިއެކި ސަރަހައްދުތަކުގައި ބަހައްޓަން ޖެހެ އެވެ.

އެޗްޑީސީއިން ހުޅުމާލޭގައި ފައިބާނެޓްވޯކް އެޅުމުގެ މަސައްކަތް ކުރިއަށް--

ހާއްސަކޮށް ރާއްޖޭގެ ރަށްތަކުގެ މަގުތަކަކީ ވަރަށް ކުދި އަދި މަގުގެ ދެ ފާރާތަކީވެސް އެހެނިހެން ބޭނުންތަކަށް ބޭނުން ކުުރަންޖެހޭ މަގުތަކަކަށް ވެފައި ޖާގައިގެ ދަތިކަމަކީވެސް މި މަސައްކަތައް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވާ ކެމެކެވެ.

މިއާއެކު ނެޓްވޯކް ބެލެހެއްޓުމާއި ބޭނުންކުރެވޭ އާލާތްތަކަކީވެސް އަގުބޮޑު އަދި މި މަސައްކަތަކީ ތަޖުރިބާހުރި މީހުން ބޭނުންވާ ދާއިރާއަކަށްވުމީވެސް މިދާއިރާގެ ގޮންޖެހުން އިތުރަށް ފުޅާވެގެންދާ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެ ހުރިހާ ސަބަބުތަކާއެކު ފައިބާ ކޭބަލް ނެޓްވޯކަކީ އިންތިހާއަށް އަގުބޮޑު، އަދި އިންވެސްޓްމަންޓް ރިކަވާކުރަން ގިނަދުވަސްތަކެއް ނަގާ މަސައްކަތެކެވެ.

އެޗްޑީސީއިން ހުޅުމާލޭގައި ފައިބާނެޓްވޯކް އެޅުމުގެ މަސައްކަތް ކުރިއަށް--

އެ ހުރިހާ ކަމަކަށް ލުއިތަކެއް ހޯދައިދިނުމުގެ ގޮތުން އެޗްޑިސީން ހުޅުމާލޭގައި ގާއިމު ކުރަމުން އަންނަ ފައިބާ ނެޓްވޯކަކީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ލުއިފަސޭހަކަން ހޯދައިދިނުމާއި ހިދުމަތުގެ އަގު ކުޑަކުރަން ބާރުއަޅައިދޭނެ ވަރަށް މުހިއްމު ބިންގަލެކެވެ.

ސަބަބަކީ އެ ނެޓްވޯކް ގާއިމްކުރަމުން ދަނީ އެޗްޑީސީގެ އަމިއްލަ ހަރަދުގައި ކަމަށްވުމާއި އެ ނެޓްވޯކްގެ އެންމެހާ ކަންތައްތައް ބަލަހައްޓާނީވެސް މިކުންފުނީގެ ވަކި ހާއްސަ ޔުނިޓަކުން ކަމަށް ވާތީ އެވެ.

އެޗްޑީސީއިން ހުޅުމާލޭގައި ފައިބާނެޓްވޯކް އެޅުމުގެ މަސައްކަތް ކުރިއަށް--

މިއާއެކު މިފަދަ ބޭނުންތަކަށް މަގުކޮނުމަށް ހުއްޓުމެއް ގެނެވި، ހިދުމަތް ފޯރުކޮށްދޭ ކޮންމެ ފަރާތަކުން ވަކި ނެޓްވޯކެއް އެޅުމުގެ ބަދަލުގައި އެއް ނެޓްވޯކެއްގައި ގިނަ ބަޔަކަށް އެއްފަހަރާ ހިދުމަތް ދިނުމުގެ މަގު ފަހިވެގެންދާނެ ކަމަށް އެޗްޑީސީއިން ބުނެ އެވެ.

އެ ނެޓްވޯކްގެ ޒަރީއްޔާއިން ތަފާތު ގިނަގުނަ ލުއިފަސޭހަތަކާއި އިތުރު ފައިދާތަކެއް ލިބިގެންދާނެ ކަމަށް އެޗްޑީސީއިން ބުނެ އެވެ. މީގެ އިތުރުން އަލަށް މާކެޓަށް ވަންނަން ބޭނުންވާ ފަރާތްތަކަށްވެސް އެ ނެޓްވޯކް ބޭނުންކުރުމުގެ ފުރުސަތު އޮތުމަކީ މުވާސަލާތީ ގުޅުމާއި ގުޅުންހުރި ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ އާންމު ރައްޔިތުންނަށް ގިނަ އައު ހިދުމަތްތަކެއް ލިބިގެންދާނެ ސަބަބެކެވެ.

ހުޅުމާލެއަކީ ޒަމާނީ ފެންވަރަށް ފުރިހަމަ އާބަން ސިޓީއެއްގެ ކުލަވަރު ޖެހިފައިވާ ސިޓީއަކަށް ހެދުމަށް އެޗްޑީސީއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި ހުޅުމާލެ އެކި ބޭނުންތަކަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ދެވޭ ހިދުމަތްތަކަކީ ޓެކްނޮލޮޖީގެ ދާއިރާއިން ވެސް އެންމެ ފަހުގެ އަދި އަތް ފޯރާފަށުގައި ދެވޭ ހިދުމަތްތަކަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެޗްޑީސީއިން ފާހަގަކުރެ އެވެ.

comment ކޮމެންޓް