ދަރިވަރުންގެ ޓެކްސްޓުފޮތްތައް ޗާޕުކޮށްދޭނެ ބަޔަކު ހޯދަނީ

ޖެނުއަރީ 12، 2020: ވިހިވިހީގެ ތައުލީމީ އާ އަހަރުގެ ކިޔެވުން 73،000އަށް ވުރެ ގިނަ ދަރިވަރުންނާއެކު ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރުގެ މެދު ތެރޭ ފަށާ ދިރާސީ އާ އަހަރު ސްކޫލު ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓު ފޮތްތައް ޗާޕުކޮށްދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީ އިން ކުރި އިއުލާނެއްގަި ބުނީ 2021-2022 ވަނަ ދިރާސީ އަހަރަށް ސްކޫލު ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ޕްރިންޓު ކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ.

އެ މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓެެޓިވް ބިޑިން އުސޫލުން ކަމަށާއި ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނަން ރިފަންޑަބަލް ފީ އެއް ދައްކަން ޖެހޭނެ ކަމަށް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.

ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 60,000 ރުފިޔާ ދައްކަން ޖެހޭއިރު، ބިޑު ހުޅުވުން އޮންނާނީ މެއި މަހުގެ ހަ ވަނަ ދުވަހު ކަމަށް އިއުލާނުގައި ބުންޏެވެ.

ދިރާސީ އާ އަހަރަށް ބޭނުންވާ ފޮތްތައް ޗާޕުކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފައިވާއިރު، އެޑިއުކޭޝަން މިނިސްޓްރީ އިން އާންމުކޮށްފައިވާ އެކެޑެމިކް ކަލަންޑަރުގައި ވާގޮތުން ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ އޮގަސްޓު މަހުގެ 10 ވަނަ ދުވަހު އެވެ.

comment ކޮމެންޓް