ކޮވިޑްގައި އިތުރު މަރެއް، އަދަދުތައް 71 އަށް އަރައިފި

ކޮވިޑަށް ފަރުވާދިނުމަށް ހުޅުމާލޭގައި ގާއިމް ކޮށްފައިވާ މެޑިކަލް ފެސިލިޓީ --- ފޮޓޯ/ އެސްޓީއޯ

ރާއްޖެއިން ކޮވިޑް ޖެހިގެން 71 ވަނަ މީހަކު މަރުވެއްޖެ އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި މިރޭ 11:25 ގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާދެމުން ދިޔަ އުމުރުން 80 އަހަރުގެ ފިރިހެނަކު ވަނީ މަރުވެފަ އެވެ.

މި ބަލީގައި މިހާތަނަށް ރާއްޖެއިން މަރުވެފައި ވަނީ 64 ދިވެހީިންނާއި ހަތް ބިދޭސީންނެވެ. އޭގެތެރެއިން ބައެއް މީހުންނަކީ މަރުވެގެން ހޮސްޕިޓަލަށް ގެންދިޔަ މީހުންނެވެ.

މި ބަލީގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ.

ރާއްޖޭގައި މި ބަލި ޖެހިފައިވާ 2،735 މީހުން އެބަތިއްބެވެ. އޭގެތެރެއިން 68 މީހުންނަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްތަކުގަ އެވެ.

comment ކޮމެންޓް