މިއަދު ޕޮޒިޓިވްވީ 157 މީހުން، ގިނައީ އަތޮޅުތަކުން

މާލޭގެ މަގުމަތި ހަވީރު ގަޑީގައި ބާރުބޮޑުވެފައި --- ސަން ފޮޓޯ

ރާއްޖެއިން މިއަދު އިތުރު 157 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 71 މީހުންނާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 72 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން ޕޮޒިޓިވްވި 12 މީހުންގެ އިތުރުން ސިނާއީ ރަށްރަށުން ޕޮޒިޓިވްވި ދެ މީހުން ކަމަށެވެ.

މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން ކޮވިޑް19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 26،505 އަށް އަރާފަ އެވެ.

މިވަގުތު 2،735 މީހުންނަށް ބަލިޖެހިފައި ތިބިއިރު، އޭގެ ތެރެއިން 68 މީހުންނަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްތަކުގަ އެވެ.

މިއަދު ބަލިން ރަނގަޅުވެފައިވަނީ 100 މީހުންނެވެ. އަދި ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 23،691 އެވެ.

މި ބަލީގައި ރާއްޖެއިން މިހާތަނަށް 70 މީހުން ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް