މާދަމާ މާލެ ސަރަހައްދުގައި ސިނޮފާމްގެ ދެވަނަ ޑޯޒު ދޭން ފަށަނީ

ފެބްރުއަރީ 9، 2021: ސޯޝަލް ސެންޓަރުގައި ގާއިމްކޮށްފައިވާ ވެކްސިނޭޝަން ސެންޓަރު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާދަމާއިން ފަށައިގެން މާލެ ސަރަހައްދުގައި ސިނޮފާމް ވެކްސިންގެ ދެވަނަ ޑޯޒު ދޭން ފަށާނެ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ މާދަމާ ހެނދުނު 10:00 އިން ފެށިގެން ސިނޮފާމް ވެކްސިންގެ ދެވަނަ ޑޯޒު ދޭން ފަށާނެ ކަމަށެވެ.

ސިނޮފާމްގެ ދެވަނަ ޑޯޒު ޖަހައިދޭނީ؛

  • ޓްރީ ޓޮޕް ހޮސްޕިޓަލް: ހެނދުނު 10:00 - 12:00އަށް އަދި 20:30 - 23:00އަށް
  • ރައްޔިިތުންގެ މަޖިލީހުގެ އިދާރާ: 21:00 - 23:30 އަށް

ސިނޮފާމްގެ ފުރަތަމަ ޑޯޒު ޖަހައިދެމުންދަނީ ޓްރީ ޓޮޕް ހޮސްޕިޓަލުންނެވެ. އެއީ ކޮންމެ ރެއަކު 21:00 - 23:00 އާ ހަމައަށެވެ.

ވެކްސިން ޖަހަންދާއިރު ބަލަންޖެހޭ ކަންތައްތައް:

  • ވެކްސިން ކާޑް ގެންދިއުމަށް (2 ވަނަ ޑޯޒް ޖަހާ ފަރާތްތައް)
  • އައިޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުން
  • ބަލީގެ އެއްވެސް އަލާމާތެއް ނެތުން އަދި ކަރަންޓީންގައި ހުރި މީހަކަށް ނުވުން
  • ގަޔަށް ދޫ، ފަސޭހައިން ވެކްސިންޖަހާތަން )ކޮނޑު( ދެއްކޭނެ ހެދުމެއްލުން
  • ވެކްސިންޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުން
  • ވެކްސިން ޖަހަންދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިއުން
  • ވެކްސިން ޖަހަންދާއިރު އެކުގައި އެކަކަށްވުރެ ގިނައިން ނުދިއުން
  • ބޭނުން ކުރަމުންދާ ބޭހެއްވާނަމަ ބޭހުގެ މައުލޫމާތު ގެންދިއުން

ރާއްޖެއިން މިހާތަނަށް 281.848 މީހުން ވަނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފަ އެވެ. އަދި އޭގެ ތެރެއިން ދެވަނަ ޑޯޒު ޖަހާފައިވަނީ 45،817 މީހުންނެވެ.

comment ކޮމެންޓް