ގެޓް އިން ދަ ޒޯން: ގޭގައި ހެދޭނެ ފައިގެ ކަސްރަތުތަކެއް

ފިޓްޒޯންއާ އެކު ގެނެސްދޭ "ގެޓް އިން ދަ ޒޯން" ގައި މިއަދު ގެނެސްދެނީ ގޭގައި ހުރެގެން ކުރެވިދާނެ ފައިގެ ކަސްރަތުތަކެެކެވެ.

ފިޓްޒޯންގެ ސީނިއާ ޓްރެއިނާ ރިފާޝް ރިޔާޒް ބުނާ ގޮތުގައި މިއީ އަލަށް ކަސްރަތުކުރަން ފަށާ މީހުންނަށްވެސް، ނުވަތަ އާންމުކޮށް ކަސްރަތުކުރާ މީހުންނަށްވެސް ވޯކްއައުޓްތައް ގޭގައި ކުރެވިދާނެއެވެ.

މިއަދު ދައްކައިދޭ ކަސްރަތުތަކަކީ:

  • ސްކޮޓްސް: 15 ރެޕްގެ 3 ސެޓް. ނުވަތަ 5 ސެޓް.
  • ލަންޖެސް: ކޮންމެ ފަޔަކަށް 10 ރެޕްގެ 3 ސެޓް. ނުވަތަ 5 ސެޓް.
  • ސްޕްލިޓް ސްކޮޓްސް
  • ފައިގެ ފަހަތަށް ބްރިޖް: 15 ރެޕްސްގެ 3 ސެޓް. ނުވަތަ 5 ސެޓް.
  • ހޭމްސްޓްރިންގް ސްޓްރެޗް: 15 ގެ 3 ސެޓް. ނުވަތަ 5 ސެޓް.
  • ކާފް ރެއިޒް ހޯލްޑް: 15 ގެ 3 ސެޓްސް. ނުވަތަ 5 ސެޓް.

ފިޓް ޒޯންގެ އެހީތެރިކަމާއިއެކު ސަން އިން މި ގެނެސްދޭ 'ގެޓް އިން ދަ ޒޯން' މި ވީޑިއޯ ސީރީޒްއަކީ މި ރޯދަމަހުވެސް ގޭގައި ތިބެގެން ދުޅަހެޔޮކަމާއިއެކީ މި ދުވަސްތައް ހޭދަކުރުމަށް ބޭނުންވާނެ ވޯކްއައުޓްސް ތަކެއް ގެނެސްދިނުމެވެ. މި ކަސްރަތުތައް ކުރުމަށް މާ ބައިވަރު އިކުއިޕްމަންޓްތަކެއް ބޭނުމެއް ނުވާނެ އެވެ. އަދި ކަސްރަތުތައް ކުރަންވީ ގޮތް އިންސްޓްރަކްޓަރު ނިކަން ތަފްސީލާއި އެކު ކިޔައިދެމުން ދާނެ އެވެ.

comment ކޮމެންޓް