އާރުޑީސީ އޮފީސް ފަޅާލާ ލައްކަ އަކަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި

އާރުޑީސީ އިން މަގުހެދުމުގެ މަސައްކަތް ކުރަނީ ---

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ އޮފީސް ފަޅާލާ ލައްކަ އަކަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އާރުުޑީސީގެ އޮފީސް ފަޅާލާ، 100،000 އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައެއް އިއްޔެ ހެނދުނު 10:00 ހާއިރު ހުށަހެޅިފައިވާ ކަމަށެވެ.

އެ މައްސަލަ އާއި ގުޅިގެން މީހަކު ހައްޔަރު ކުރިކަމެއް ފުލުހުން އަދި ނުބުނެ އެވެ.

ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

comment ކޮމެންޓް