ލަވަކިޔުންތެރިޔާ ޖެނިފާ ލޮޕޭޒްގެ އެންގޭޖްމަންޓް ރޫޅާލައިފި

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖެނިފާ ލޮޕޭޒް، 51،ގެ އެންގޭޖްމަންޓް ރޫޅާލައިފައިވާކަމަށް ރަސްމީކޮށް އިއުލާންކޮށްފި އެވެ.

ޖެނިފާ އާ އޭނާގެ ލޯބިވެރިޔާ މަޝްހޫރު ބޭސްބޯލް ކުޅުންތެރިޔާ އެލެކްސް ރޮޑްރިގޭޒް (އޭ-ރޮޑް)45، އާ ރުޅިވިކަން ހާމަކުރަމުން ނެރުނު ސްޓޭޓްމަންޓެއްގައި ބުނީ ލޯބިވެރިންނަށްވުރެ ރަހުމަތްތެރިންގެ ގޮތުގައި ދެމީހުން ތިބެން މާ ރަނގަޅުކަމަށް ދެނެގަނެވިއްޖެ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް ދެމީހުން ރަހުމަތްތެރިންގެ ގޮތުގައި ތިބުމަށް ބޭނުންވާ ކަމަށެވެ.

ރުޅިވި ނަމަވެސް ދެމީހުން އެއްކޮށް ނަގާފައިވާ ޕްރޮޖެކްޓްތަކުގައި މަސައްކަތްކުރާނެ ކަމަށާއި އެކަކު އަނެކަކަށް ސަޕޯޓްކުރުމުގައި ދެމިހުންނާނެ ކަމަށްވެސް އެމީހުން ވަނީ ބުނެފައެވެ. ހަމައެއާއެކު ދެ މީހުންގެ ދަރިންނަށް ވެސް ފެހި މުސްތަގްބަލަކަށް އެދޭ ކަމަށް ދެތަރިންވެގެން ނެރުނު ޖޮއިންޓް ސްޓޭޓްމަންޓުގައި ވަނީ ބުނެފައެވެ.

ދެ އަހަރު ދުވަހުގެ މުއްދަތަކަށް ދެމީހުން ލޯބީގެ ގޮތުން އުޅުމަށް ފަހު ޖެނިފާ އާއި އެލެކްސް އެންގޭންވެފައިވަނީ 2019 ވަނަ އަހަރުގެ މާޗު މަހުގައެވެ. އެދެތަރިން މިދިޔަ އަހަރު ކައިވެނިކުރަން ވެސް ހަމަޖެއްސިއެވެ. ނަމަވެސް ކޮވިޑްގެ ސަބަބުން އެ ކައިވެނި ކުރެވޭނެ މަގު ތަނަވަސްނުވީއެވެ.

ޖެނިފާ އަދި އޭ-ރޮޑް ވެސް ވަނީ މީގެ ކުރިން ވެސް ކައިވެންޏެއް ކޮށްފައެވެ. އަދި ދެކައިވެންޏަށް ވެސް ވަނީ ދެކުދިން ލިބިފައެވެ. ޖެނިފާ އާއި އޭ-ރޮޑް އެންމެ ފުރަތަމަ ބައްދަލުވީ 2005 ވަނަ އަހަރު ޝޭ ސްޓޭޑިއަމްއިންނެވެ.

comment ކޮމެންޓް