ދަ ކޮންޖުއަރިންގެ ތިން ވަނަ ބައި އަންނަނީ

ކާމިޔާބު ދެ ބައި ގެނެސްދީފައިވާ މަޝްހޫރު ފިލްމު "ދަ ކޮންޖުއަރިން"ގެ ތިން ވަނަ ބައި މި އަހަރު ރިލީޒްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

"ދަ ކޮންޖުއަރިން: ދަ ޑެވިލް މޭޑް މީ ޑޫ އިޓް" އަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. ނަމަވެސް ކޮވިޑް19 އާ ގުޅިގެން ފިލްމު އެޅުވޭ ގޮތް ނުވީ އެވެ.

މި ފަހަރުގެ ފިލްމުގައި ފެނިގެންދާނީ ވެސް ކުރީ ދެ ފިލްމެކޭ އެއްގޮތަށް ހަގީގީ ހާދިސާއަކަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. ދެހާސް ސަތާރަ ވަނަ އަހަރު ފިލްމުގެ ތިން ވަނަ ބައެއް ގެނެސްދޭނެ ކަމަށް އިއުލާންކުރިއިރު މި ފިލްމުގެ ޝޫޓިން ވަނީ 2019 ވަނަ އަހަރު ޝޫޓްކޮށް ނިންމައިފަ އެވެ.

މި ފިލްމު ތިއޭޓާތަކުގައި އެޅުވުމަށް ފަހު އެޗްބީއޯ މެކްސް އިން ސްޓްރީމްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ބޮކްސް އޮފިސްގައި އެންމެ ކާމިޔާބު ބިރުވެރި ފިލްމުތަކުގެ ތެރެއިން ނުވަ ވަނައަށް ޖާގަ ހޯދާފައިވާ މިފިލްމުގެ ފުރަތަމަ ބައެއް އާންމުންނާ ހަމައަށް އައީ 2013 ވަނަ އަހަރުގަ އެވެ. އަދި ފިލްމުގެ ދެވަނަ ބައި ރިލީޒްކުރީ 2016 ވަނަ އަހަރުގައެވެ. މި ފަހަރުގެ ފިލްމުގައި ކިޔާދޭނީ 1981 ވަނަ އަހަރު މަރުގެ ތުހުމަތެއް އޮތް އާރން ޖޯންސަންގެ މަރުގެ ވާހަކަ އެވެ.

comment ކޮމެންޓް