މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 95 މީހުން

ފެބްރުއަރީ 3، 2021: މާލޭގެ އެކި ސަރަހައްދުގައި މީހުންގެ ކޮވިޑް ރެންޑަމް ސާމްޕަލް ނެގުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ރާއްޖެއިން ކޮވިޑް 19 އަށް 95 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 59 މީހުންނާއި އެހެން ރަށްރަށުން 22 މީހުން އަދި ރިސޯޓުތަކުން 11 މީހުންނެވެ.

ވޭތުވެ ދިޔަ 24 ގަޑިއިރު 3150 ސާމްޕަލެއް ވަނީ ނަގާފަ އެވެ.

ރާއްޖޭގައި މިހާރު ކޮވިޑް ބަލި ޖެހިގެން ފަރުވާދެމުންދާ 2621 މީހުން އެބަތިއްބެވެ. އޭގެތެރެއިން 58 މީހަކު ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ.

މިހާތަނަށް 25939 މީހަކު ވަނީ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް