ސީޕީ ހަމީދާއި އަނބިކަނބަލުންވެސް ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދާއި، އޭނާގެ އަނބިކަނބަލުން ނަޒީހާ އަހުމަދު — ފޮޓޯ/ ރައީސް އޮފީސް

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދާއި، އޭނާގެ އަނބިކަނބަލުން ނަޒީހާ އަހުމަދުވެސް ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް 19 އަށް ޕޮޒިޓިވްވެފައި ވުމާއެކު ހޯމް އައިސޮލޭޝަންގައި އިންނެވި ކަމަށެވެ. ފުލުހުންގެ ބޯޑު އެކުލަވާލާ ބޭވި ފުރަތަމަ ބައްދަލުވުމުގައި އޭނާ ބައިވެރިވެ ވަޑައިގަތީ ވާޗުއަލްކޮށެވެ.

އެނގިފައިވާ ގޮތުން ސީޕީ ހަމީދު އަނބިކަނބަލުން ނަޒީހާ އަހުމަދުވެސް ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެފަ އެވެ.

އޭގެ އިތުރުން ނަޒީހާގެ އެއްބަނޑު އެއްބަފާ ދައްތަ ފަސްޓްލޭޑީ ފަޒްނާ އަހުމަދުވެސް ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެފަ އެވެ. އެކަން ރައީސް އޮފީހުން ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ. އެހެން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޮވިޑަށް ޕޮޒިޓްވްވެފައި ނުވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެކަން ހާމަކުރަމުން ރައީސް އޮފީހުން މިރޭ ނެރުނު ކުރު ބަޔާނެއްގައި ބުނީ ކޮވިޑަށް ގުޅިގެން ފަޒުނާ މިހާރު ހުންނެވީ އާއިލާއާ އެކަހެރިވެވަޑައިގެންނެވެ. އަދި، އެކަމަނާ ކޮވިޑަށް ޕޮޒިޓިވްވީ ނަމަވސް ހާލުކޮޅު ރަނގަޅު ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

comment ކޮމެންޓް