ފަސްޓްލޭޑީ ފަޒްނާއަށް ކޮވިޑް ޖެހިއްޖެ، ރައީސް ސޯލިހުގެ ޓެސްޓް ނެގެޓިވް

ފެބްރުއަރީ 4، 2021: ފަސްޓްލޭޑީ ފަޒްނާ -- ފޮޓޯ/ ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަސްޓްލޭޑީ ފަޒްނާ އަހުމަދަށް ކޮވިޑް-19 ޖެހިއްޖެ އެވެ.

އެކަން ހާމަކުރަމުން ރައީސް އޮފީހުން މިރޭ ނެރުނު ކުރު ބަޔާނެއްގައި ބުނީ ކޮވިޑަށް ގުޅިގެން ފަޒުނާ މިހާރު ހުންނެވީ އާއިލާއާ އެކަހެރިވެވަޑައިގެންނެވެ. އަދި، އެކަމަނާ ކޮވިޑަށް ޕޮޒިޓިވްވީ ނަމަވސް ހާލުކޮޅު ރަނގަޅު ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އެ އޮފީހުން އަދި ބުނި ގޮތުގައި ރައީސް ސޯލިހާއި އެ ދެކަނބަލުންގެ ދެބޭފުޅުން ކޮވިޑް-19 އަށް ޓެސްޓު ހެއްދެވި ނަމަވެސް ނަތީޖާ ވަނީ ނެގެޓިވްވެފަ އެވެ.

ފަޒްނާއަށް ކޮވިޑް ޖެހުނު އިރު، ފަޒުނާގެ އެއްބަފާ ކޮއްކޮއަކާ ކައިވެނި ބައްލަވައިގަތް އުޅުއްވާ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ ހަމީދު)އަށް ކޮވިޑް ޖެހުމާ ގުޅިގެން އެމަނިކުފާނު ވެސް ހުންނެވީ އަމިއްލަ ގެކޮޅުގައި އެކަހެރިވެގެންނެވެ.

comment ކޮމެންޓް