ބީއެމްއެލްއިން ކުޅުދުއްފުށީ އޭޓީއެމް ސެންޓަރު އަޕްގްރޭޑްކޮށް، ހިދުމަތްދޭން ފަށައިފި

ކުޅުދުއްފުށީގައި ހުޅުވި ސެލްފް ސާވިސް ބޭންކިން ސެންޓަރު--

ބީއެމްއެލްއިން ހދ. ކުޅުދުއްފުށީގައި ހުރި އޭޓީއެމް، ސެލްފް ސާވިސް ބޭންކިން ސެންޓަރަކަށް ބަދަލުކުރުމަށް ފަހު ހިދުމަތް ދޭން ފަށައިފި އެވެ.

ބީއެމްއެލް އިން ބުނީ އެ ސެންޓަރުގައި ހުންނަ ދެ އޭޓީއެމް މެދުވެރިކޮށް ރަށުގެ ރައްޔިޔުންނަށާއި ރަށަށް ޒިޔާރަތްކުރާ އެތައް ސަތޭކަ ރައްޔިތުންނަށް ފައިސާ ނެގުމާއި ފައިސާ ޖަމާކުރުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް 24 ގަޑިއިރު ލިބިގެންދާނެ ކަމަށެވެ.

އެ ސެލްފް ސާވިސް ސެންޓަރު ގާއިމްކޮށްފައި ވަނީ ބީއެމްއެލް ކުޅުދުއްފުށީ ބްރާންޗް ހުރި އިމާރާތުގަ އެވެ.

މިއީ ކުޅުދުއްފުށީގައި ހުޅުވި ދެ ވަނަ ސެލްފް ސާވިސް ބޭންކިން ސެންޓަރެވެ. ފުރަތަމަ ސެލްފް ސަރވިސް ސެންޓަރ ގާއިމްކޮށްފައި ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އިމާރާތުގަ އެވެ.

ދާދި ފަހުން ބީއެމްއެލް އިން ވަނީ ހދ. މަކުނުދޫގައި މުޅިން އަލަށް ސެލްފް ސާވިސް ބޭންކިން ސެންޓަރެއް ހުޅުވައި ގދ. ފަރެސްމާތޮޑާގެ އޭޓީއެމް ސެންޓަރު ވެސް އަލުން ހުޅުވައިފަ އެވެ.

comment ކޮމެންޓް