"ފާސްޓް އެންޑް ފިއުރިއަސް 9"ގެ އާ ޓްރެއިލާއެއް

އާންމުންގެ މެދުގައި ބޮޑު މަގްބޫލު ކަމެއް ހޯދާފައިވާ ފްރެންޗައިޒް "ފާސްޓް އެންޑް ފިއުރިއަސް"ގެ ނުވަ ވަނަ ބައިގެ އާ ޓްރެެއިލާއެއް ދައްކާލައިފި އެވެ.

މި ފިލްމުގެ ފުރަތަމަ ޓްރެއިލާ އެއް އާންމުންނާ ހަމައަށް އައީ މިދިޔަ އަހަރުގެ ކުރީކޮޅުގަ އެވެ. ޝައުގުވެރި ކަންތައްތަކެއް މި ފަހަރުގެ ޓްރެއިލާ އިން ވެސް ފެނިގެންދިޔަ އިރު މި ފިލްމު ރިލީޒްކުރާނީ ޖުލައި މަހުގެ އަށް ވަނަ ދުވަހުގަ އެވެ. މި ފިލްމު އެންމެ ފުރަތަަމަ ރިލީޒްކުރަން ނިންމީ މިދިޔަ އަހަރުގެ މެއި މަހުގަ އެވެ. ނަމަވެސް ކޮވިޑްގެ ސަބަބުން ފިލްމު އެޅުވޭނެ މަގު ތަނަވަސްނުވީ އެވެ.

އެ ފިލްމަކީ ޔުނިވާސަލް ޕިކްޗާޒް އިން ގެނެސްދޭ ފިލްމެކެވެ. ފިލްމުގެ މައިގަނޑު ކާސްޓުންގެ ގޮތުގައި ފެނިގެންދާނީ އެ ފިލްމްގެ ކުރީގެ އަށް ފިލްމުން ވެސް ފެނިގެން ދިޔަ ވިން ޑީޒެލް އާއި ޑްވޭން (ރޮކް) ޖޯންސަން އަދި ޖެސެން ސްޓެތަމް އެވެ.

"ފާސްޓް އެންޑް ފިއުރިއަސް" އަކީ 2001 ވަނަ އަހަރުން ފެށިގެން ބެލުންތެރިންނާ ހަމައަށް ގެނެސްދޭ ފްރެންޗައިޒް އެކެވެ.

"ފާސްޓް އެންޑް ފިއުރިއަސް" އަށް ވަނަ ބައި "ފޭޓް އޮފް ދަ ފިއުރިއަސް" ރިލީޒްކުރީ 2017 އަހަރުގަ އެވެ. އެ ފިލްމަށް ވަނީ 1.239 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ.

comment ކޮމެންޓް