ޓައިޑްސް ކެފޭ އިން ރޯދަ ވީއްލުމުން 10 ޕަސެންޓު ޑިސްކައުންޓް

ޓައިޑްސް ކެފޭ --

މި ރޯދަ މަހުގެ ފުރަތަމަ ހަފްތާގައި، ޓައިޑްްސް ކެފޭ އެންޑް ބިސްޓްރޯގެ އިފްތާރު މެނޫތަކުން 10 ޕަސެންޓުގެ ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަން މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް މި ޕްރޮމޯޝަން ކުރިއަށްދާނެ ކަމަށް ޓައިޑްސް ކެފޭ އިން ބުންޏެވެ. ޑިސްކައުންޓް ލިބޭނީ ޓައިޑްސް ކެފޭގައި ރޯދަ ވީއްލުމަށް އިންސާފުކުރާ ކަސްޓަމަރުންނަށް ނުވަތަ ޑައިން އިން އަށް އެކަންޏެވެ.

ހަފްތާގެ ކޮންމެ ދުވަހަކަށް ތަފާތު އިފްތާރު މެނޫތަކެއް ތައްޔާރުކޮށްފައި ވާއިރު، އިފްތާރުގެ އަގަކީ 199 ރުފިޔާ އެވެ.މީގެ އިތުރުން 10 މީހުންގެ ގްރޫޕެއްނަމަ، އިތުރު އެއް އިފްތާރު ހިލޭ ލިބޭނެ ކަމަށާއި ހަ އަހަރުގެ ކުޑަކުދިންގެ އިފްތާރު ވެސް މުޅިން ހިލޭ ވާނެ ކަމަށް ޓައިޑްސް އިން ބުންޏެވެ.

ބޮޑުތަކުރުފާނު މަގުގައި ހުންނަ ޓައިޑްސް ކެފޭ އަކީ ހިތްގައިމު މާހައުލެއްގައި އާއިލާ އާއި ރައްޓެހިންނާއެކު ހިތްހަމަޖެހޭ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށް، މީރު ކެއުމަކަށް އިންސާފުކޮށްލަން އެއްވަނަ ކެފޭ އެވެ.

ޓައިޑްސްގެ އިފްތާރު ރިޒަވޭޝަން އަދި ޑެލިވަރީ އަށް ގުޅާނެ ނަންބަރަކީ 7382323 އެވެ.

comment ކޮމެންޓް