އައްޑޫގައި ހިނގި ހަމަނުޖެހުމެއްގައި މީހަކު ޒަހަމްކޮށްލައިފި

އައްޑޫ ސިޓީ. (ފޮޓޯ/ފޭސްބުކް)

އައްޑޫ ސިޓީގައި ހިނގި ހަމަނުޖެހުމެއްގައި މީހަކު ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ ގެއެއްގެ ތެރޭ ހިނގި ހަމަނުޖެހުމެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށާއި އެ ހާދިސާ އާއި ގުޅިގެން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ހިތަދޫ ގެއެއްގެ ތެރޭ ހިނގި ހަމަނުޖެހުމެއް ގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލި މައްސަލައިގެ ރިޕޯޓު ލިބުނީ މިއަދު ހަވީރު 16:30 ހާއިރު ކަމަށެވެ.

އެ މައްސަލަ އާ ގުޅިގެން ހައްޔަރު ކުރީ 50 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

އެ ހާދިސާގައި ޒަހަމްވި މީހާ އަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެ އެވެ.

comment ކޮމެންޓް