ރޯދަމަހަށް ހާއްސަކޮށްގެން ފައިސާގެ އިނާމުތަކާއި ގޭސް ސިލިންޑަރު ހިލޭ ހޯދުމުގެ ފުރުސަތު ލިބިގެންދާ ޕްރޮމޯޝަންތަކެއް މޯލްޑިވް ގޭހުން ފަށައިފި އެވެ.
ރޯދައަށް ހާއްސަ، ތަފާތު ތިން ޕްރޮމޯޝަނެއް މޯލްޑިވް ގޭހުން ކުރިއަށްގެންދެ އެވެ.
ފުރަތަމަ ޕްރޮމޯޝަންގެ ދަށުން މޯލްޑިވް ގޭހުން ހިދުމަތް ހޯދާ ކަސްޓަަމަރުންގެ މެދުގައި ކޮންމެ ހަފުތާއަކު ވެސް ގުރުއަތެއް ނަގާނެ އެވެ. އަދި ކޮންމެ ހަފުތާއަކު ނަގާ ގުރުއަތުން ހޮވޭ ފަރާތަކަށް 1،000 ރުފިޔާގެ އިނާމެއް ލިބޭނެ އެވެ.
ދެވަނަ ޕްރޮމޯޝަންގައި ގުރުއަތުން ނަސީބުވެރި ތިން ފަރާތް ހޮވާނެ އެވެ. އެއްވަނައަށް ހޮވޭ ފަރާތަކަށް 10،000 ރުފިޔާ ހުށަހަޅާފައިވާ އިރު، ދެވަނައަށް ހޮވޭ ފަރާތަކަށް ލިބޭނީ 8،000 ރުފިޔާ އެވެ. އަދި ތިންވަނަ ފަރާތަށް 5،000 ރުފިޔާ ވަނީ ހުށަހަޅާފަ އެވެ.
މޯލްޑިވް ގޭހުން ވިޔަފާރިކުރާ ކޮންމެ ކަސްޓަމަރަކަށް ވެސް އެ ދެ ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ އެވެ.
ރޯދައަށް ހާއްސަކޮށްގެން މޯލްޑިވް ގޭހުން ކުރިއަށްގެންދާ ތިންވަނަ ޕްރޮމޯޝަން އަމާޒުކޮށްފައި ވަނީ އަލަށް ރަޖިސްޓްރީވާ ކަސްޓަމަރުންނަށެވެ.
އެގޮތުން މި ޕްރޮމޯޝަންގެ ތެރެއިން އަލަށް ރަޖިސްޓްރީވާ ކޮންމެ ފަރާތަކަށްވެސް އެލްޕީޖީ ގޭސް ސިލިންޑަރެއް މުޅިން ހިލޭ ލިބޭނެ އެވެ.
މި ޕްރޮމޯޝަންތައް ކުރިއަށްދާނީ ޝައްވާލް މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށެވެ.