އިންތިޒާރުގެ ނިމުން، "އެލީޓް 4" ރިލީޒްކުރާ ތާރީހު އިއުލާންކޮށްފި

ނެޓްފްލިކްސްގެ އެންމެ މަގުބޫލު ސްޕެނިޝް ޝޯތަކުގެ ތެރޭގައި ހިމެނޭ "އެލީޓް"ގެ ހަތަރު ވަނަ ސީޒަން ރިލީޒްކުރާ ތާރީޚު އިއުލާންކޮށްފި އެވެ.

ދިވެހިންގެ މެދުގައި ވެސް ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ އެލީޓް ރިލީޒްކުރާނީ އަންނަ ޖޫން މަހުގެ 18 ވަނަ ދުވަހު އެވެ. އާ ތަރިންތަކެއް މިފަހަރުގެ ސީޒަން އިން ފެނިގެންދާއިރު މި ސީޒަން ވަރަށް ތަފާތުވެފައި ހާއްސަކަމަށް އެލީޓްގެ ޓީމުން ބުނެ އެވެ.

އެލީޓް 4 އިން ފެނިގެންދާނީ އެރޮން ޕައިޕާ (އެންޑާ)، އޮމަރު އަޔޫސޯ (އޮމަރު)، ޖޯޖިނާ އެމޮރޯސް (ކަޔަޓާނާ)، އިޓްޒަން އެސްކަމީލާ (ސެމިއުލް)، މިގުއެލް ބެރްނާޑީއޯ (ގުޒްމަން) އަދި ކްރޯޑިއާ ސަލަސް (ރެބެކާ) އެވެ.

ސީރީޒްގެ ތިން ވަނަ ސީޒަން މިދިޔަ އަހަރު ދެއްކި އިރު އެ ސީޒަން ނިމުނީ އެލީޓްގެ ކެރެކްޓާ އެލްވާރޯ ރިކޯ (ޕޯލޯ) މަރުވެގެންނެވެ. ސްޕެނިޝް ހައި ސްކޫލު ޑްރާމާ ވަނީ ބޮޑު ހިޓަކަށް ވެފަ އެވެ. އެ ސީރީޒްގެ ފުރަތަމަ ސީޒަން 2018 ވަނަ އަހަރު ވަނީ ސްޓްރީމްކޮށްފަ އެވެ. އަދި ދެވަނަ ސީޒަން ވަނީ 2019 ވަނަ އަހަރު ރިލީޒްކޮށްފަ އެވެ.

comment ކޮމެންޓް