މިއަދު ވެސް ކޭސްތައް 100އިން ދަށުގައި

މާޗް 2، 2021: ސިނަމާލެ ބްރިޖް ސަރަހައްދުގައި ހަވީރު ބާރުބޮޑުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދުވެސް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 100އިން ތިރިވެއްޖެ އެވެ.

ވޭތުވެދިޔަ ހަތަރު ދުވަހުވެސް ރާއްޖޭގެ ކޭސްތައް ހުރީ 100އިން ދަށުގަ އެވެ.

އެޗްޕީއޭއިން މިރޭ އާންމުކުރި ކޮވިޑް ތަފާސް ހިސާބުތައް ދައްކާ ގޮތުން އިއްޔެ އިރުއޮއްސި 6:00އިން މިއަދުގެ އިރުއޮއްސި 6:00އަށް ނެގި 2،645 ސާމްޕަލްއިން ޕޮޒިޓިވްވެފައިވަނީ 58 މީހުންނެވެ.

މިއީ އިއްޔެ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދާ ބަލާއިރު 26 ކޭސްގެ މަދުވުމެކެވެ. އިއްޔެ ޕޮޒިޓިވްވެފައިވަނީ 84 މީހުންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ އިން ޕޮޒިޓިވްވި 36 މީހަކާއި، ރަށްރަށުން ޕޮޒިޓިވްވި 11 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 11 މީހެކެވެ.

މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ ޖުމްލަ ބަލި ޖެހުނު މީހުންގެ އަދަދަކީ، 25،759 އެވެ. އޭގެ ތެރެއިން 22،981 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. މިވަގުތު ބަލި ޖެހިފައި ތިބި 2،702 މީހަކު އެބަ ތިބި އެވެ. އޭގެ ތެރެއިން 62 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެނެވެ. ބަލި ޖެހިގެން މަރުވި މީހުންގެ އަދަދަކީ، 67 އެވެ.

comment ކޮމެންޓް