އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލައިފި

އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލާފައި ---

އެމްޑީޕީގެ އޮފީހުގެ ބިއްލޫރިގަނޑު މިއަދު ތަޅާލައިފި އެވެ.

އެ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލާފައި ވަނީ މިއަދު ހަވީރު އެވެ. ފުލުހުން ބުނީ އެމްޑީޕީ އޮފީހަށް ގެއްލުން ދިން މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

އެމްޑީޕީ އޮފީހަށް ގެއްލުން ދީފައި ވާއިރު، މިއަދު އިންތިހާބީ މަރުކަޒު ތެރޭގައި ވަނީ ހަމަނުޖެހުން ހިންގައިފަ އެވެ.

މިއަދު 18 ވޯޓު ފޮއްޓެއްގެ ވޯޓު އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމުން ސަރުކާރުން އިންތިހާބުގެ ނަތީޖާ އޮޅުވާލަން މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށް، ޕީޕީއެމް، ޕީއެންސީ މެމްބަރުން އިންތިހާބީ މަރުކަޒަށް އެއްވެ، އިހްތިޖާޖް ކުރަން ފެށި އެވެ. އަދި އެ އިހްތިޖާޖުގެ މެދަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގަތުމުން އެ އިހްތިޖާޖު އިތުރަށް ހޫނުވި އެވެ.

އެމްޑީޕީން ބުނަނީ ގޯސް ހެދީ ޕީޕީއެމް އިން ކަމަށެވެ. އަދި ޕީޕީއެމް އިން ބުނަނީ ގޮސް ހެދީ އެމްޑިީޕީ ކަމަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބީ މަރުކަޒު ތެރޭ ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ޕާޓީން ވެސް ހެދީ ދޮގު ކަމަށެވެ.

comment ކޮމެންޓް