ދިރާގުން ރޯދައަށް ވަރަށް ހާއްސަ ޕްރޮމޯޝަނެއް

ރަމަޟާން މަހަށް ހާއްސަކޮށްގެން ދިރާގުން ޑޭޓާއަށް ހާއްސަ އޮފާތަކެއް ހުޅުވާލައިފި އެވެ.

ދިރާގުން މިއަދު ބުނީ، ރަމަޟާން މަހު ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރަމުންނަށް އެންމެ 45 ރުފިޔާއަށް ރޯދަ 10 ޖީބީ އެފްބީބީ ޑޭޓާ ބޫސްޓާ އެކްޓިވޭޓް ކުރެވޭނެ ކަމަށެވެ. މި ބޫސްޓާ އެކްޓިވޭޓް ކުރައްވާ މަސް ނިމެންދެން ބޭނުނުން ކުރެވޭނެ އެވެ.

ދިރާގު މޮބައިލް ކަސްޓަމަރުންނަށް 200 ރުފިޔާއަށް ރޯދަ 3.5 ޖީބީ ޑޭޓާ ބަންޑަލް އަދި 300 ރުފިޔާއަށް ރޯދަ ހަތް ޖީބީގެ ބަންޑަލް އެކްޓިވޭޓް ކުރެއްވޭނެއެވެ. އެ ޑޭޓާ ބަންޑަލްތައް 30 ދުވަހުގެ މުއްދަތަށް ބޭނުން ކުރެއްވޭނެއެވެ.

ކަސްޓަމަރުންނަށް ދިރާގު މޮބައިލް އެޕް މެދުވެރިކޮށް ނުވަތަ 343 އަށް ކީވޯޑް އެސްއެމްއެސްކޮށްގެން އެ ޑޭޓާ ބަންޑަލްތައް އެކްޓިވޭޓު ކުރެވޭނެ އެވެ.

ކަސްޓަމަރުން ދިރާގުގެ ރޯދަ ޑޭޓާ ބޫސްޓާތައް އަދި ބަންޑަލްތައް ބައްލަވައިގަތުމަށް ކުރައްވާ ހަރަދުގެ 10 ޕަސެންޓު މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީއަށް ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށްވެސް ދިރާގުން ބުންޏެވެ.

ވޭތުވެދިޔަ އަހަރުތަކާ އެއްފަދައިން މިއަހަރުވެސް ދިރާގު ޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ އެވެ. އޭގެ އިތުރުން ދިރާގުގެ ވެބްސައިޓު މެދުވެރިކޮށްވެސް ފިތުރު ޒަކާތް ދެއްކޭނެ އެވެ. އަދި ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް #5*454* އަށް ގުޅައިގެން ފިތުރު ޒަކާތް ދެއްކޭނެ އެވެ.

comment ކޮމެންޓް