އުރީދޫއިން ރޯދަމަހަށް ހާއްސަ އޮފާތަކެއް

އުރީދޫއިން ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ލުއި އަދި ޑިސްކައުންޓް ލިބޭ އޮފާތަކެއް ރަމަޟާން މަހަށް ހާއްސަ އޮފާތަކެއް ތައާރަފުކޮށްފި އެވެ.

ރަމަޟާން މަހަށް އަމާޒުކޮށްގެން އުރީދޫ އިން ވަނީ ސުޕަނެޓު ރައުޓަރު އަގުހެޔޮކޮށް ގަނެވޭނެ މަގު ފަހިކޮށްދީފަ އެވެ. އެގޮތުން މޫލީ މެދުވެރިކޮށް ރައުޓަރު ގަންނަ ފަރާތްތަކަށް 40 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ.

ޒަކާތް ދައްކާ ފަރާތްތަކަށް ލުޔެއް ހޯދައިދިނުމަށް ޓަކައި އުރީދޫއިން ވަނީ އެމްފައިސާއާއި ޕްރީޕެއިޑް ބެލެންސް މެދުވެރިކޮށް ޒަކާތް ދެއްކޭނެ މަގުފަހިކޮށްދީފަ އެވެ.

އުރީދޫ އެޕްލިކޭޝަން ޑައުންލޯޑުކޮށްގެން، އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކޭނެ އެވެ. އަދި ޕްރިޕެއިޑް ކަސްޓަމަރުން *909# އަށް ޑައިލް ކުރުމުން ޕްރިޕެއިޑް ބެލެންސް މެދުވެރިކޮށް ޒަކާތް ދެއްކޭނެ އެވެ.

ނަމާދު ވަގުތު ހަނދާން ކޮށްދިނުމަށް ޓަކައި އުރީދޫއިން ވަނީ ވައިބާ މެދުވެރިކޮށް ނަމާދު ވަގުތުތަކުގެ އެލާޓް ލިބޭ ހިދުމަތެއް ވެސް ރަމަޟާން މަހަށް ތައާރަފުކޮށްފަ އެވެ. މި ހިދުމަތުގެ ދަށުން ނަމާދު އެލާޓް އެކްޓިވޭޓް ކުރެވޭނީ އެކަމާ ގުޅޭ ވައިބާ ސްޓިކާ ޕެކް ޑައުންލޯޑް ކޮށްގެންނެވެ.

ވައިބާ ބޭނުން ނުކުރާ ފަރާތްތަކަށް އެސްއެމްއެސް މެދުވެރިކޮށް ވެސް ނަމާދު އެލާޓް އެކްޓިވޭޓް ކޮށްލެވޭނެ އެވެ.

އެގޮތުންް “GO” ޖަހާފައި 4777 އަށް އެސްއެމްއެސް ކޮށްލުމުން ނަމާދު އެލާޓް އެސްއެމްއެސް އެއްގޮތުގައި ހިލޭ ލިބޭނެ އެވެ.

މީގެ އިތުރުން އުރީދޫ ރީތިޓިއުންސް މެދުވެރިކޮށް ކީރިތި ގުރުއާނުގެ އާޔަތްތައް ހިލޭ ލިބޭ ހިދުމަތެއް ވެސް އުރީދޫއިން ވަނީ ތައާރަފުކޮށްފަ އެވެ. އެގޮތުން “Ramadan” ޖެހުމަށް ފަހު 4000 އަށް އެސްއެމްއެސް ކުރުމުން އެ ހިދުމަތް ލިބޭނެ އެވެ.

comment ކޮމެންޓް