ރޯދައަށް، ރެޑްވޭވުން އިތުރު ތަކެތީގެ އަގު ހެޔޮކޮށްފި

ފެބްރުއަރީ 17، 2021: ގިނަ ބާވަތެއްގެ މުދާ އެއް ތަނަކުން ލިބޭ ރެޑްވޭވްގެ އައު ފިހާރަ، ރެޑްވޭވް ޕެވީލިއަން ހުޅުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރަމަޟާންމަހު އާންމުކޮށް ރެޑްވޭވްގެ ފިހާރަތަކުން ވިކޭ 15 ބާވަތެއްގެ ކާބޯތަކެތީގެ އަގު ހެޔޮކޮށްފި އެވެ.

މިއީ ކަސްޓަމަރުންނަށް ރެޑްވޭވުން ދޭ ރޯދަ ހަދިޔާއެއްކަމަށް އެ ކުންފުނިން ބުންޏެވެ.

ރެޑްވޭވުން އަގަށް ބަދަލު ގެނައި ތަކެތި:

  • ރޯޒްސިރަޕް 29 ރުފިޔާއަށް
  • އަލަނާސި ދަޅު 20 ރުފިޔާއަށް
  • ޑަބަލްޕީޗް ގެރިކިރު 12.50 ރުފިޔާއަށް
  • ފެލިވަރު މަސްދަޅު 12.25 ރުފިޔާއަށް
  • ސަފާ ޓޮމާޓޯ ޕޭސްޓް ކުދިދަޅު 2.25 ރުފިޔާއަށް / ބޮޑުދަޅު 11.50 ރުފިޔާ އަށް
  • ޑެއިޒީ މާޖިރިން ކުދި 240 ގްރާމް ތަށި 24 ރުފިޔާއަށް / 340 ގްރާމް ތަށި 36 ރުފިޔާއަށް
  • މަންޗީ މާރީ ބިސްކޯދު 26 ރުފިޔާއަށް
  • ނެސްލޭ ކްރީމް 24 ރުފިޔާއަށް
  • ސަފިއްޔާ ސަންފްލާވާ އޮއިލް 2 ލީޓަރު 70 ރުފިޔާއަށް
  • ރަގު ޕިއްޒާ ސޯސް 38 ރުފިޔާއަށް
  • ކުކުޅުފައި 1 ކިލޯ 45 ރުފިޔާއަށް
  • ކެޝޫނަޓްސް 100 ގްރާމް 28 ރުފިޔާއަށް
  • އާމަންޑް ނަޓްސް 100 ގްރާމް 26 ރުފިޔާއަށް

ރެޑްވޭވްއިން ބުނީ އެ ކުންފުނިން ވިއްކާ ތަކެތީގެ އަގުހެޔޮކޮށް އާންމުން ރަމަޟާން މަހު ކުރާ ބޮޑު ހޭދަޔަށް ލުޔެއްދިނުމަކީ އެކުންފުނީގެ އަމާޒު ކަމަށެވެ.

ރެޑްވޭވްއިން މި ރަމަޟާން މަހު އަޒުމް ކަނޑައަޅާފައިވަނީ ގިނައަދަދެއްގެ ކާބޯތަކެތީގެ އިތުރުން އިލެކްޓްރޯނިކްސް އާއި ހިފާގެންގުޅޭ ސާމާނު ރެޑްވޭވްގެ ފިހާރަތަކުގައި ހިމެނުމުގެ އިތުރުން އަގުހެޔޮކޮށް އެ މުދާ ކަސްޓަމަރުންނަށް ފޯރުކޯށްދިނުމަށް ކަމަށްވެސް ރެޑްވޭވުން ބުންޏެވެ.

comment ކޮމެންޓް