ހަތަރު މީހަކު ޕޮޒިޓިވްވެ، ކިނބިދޫ މޮނިޓަރިންއަށް

ތ. ކިނބިދޫ: އެ ރަށުން ހަތަރު މީހަކު ވަނީ ކޮވިޑްއަށް ޕޮޒިޓިވްވެފައި --

ތ. ކިނބިދޫއިން ނެގި ހަތަރު ސާމްޕަލެއް ޕޮޒިޓިވްވެ، އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނީ އޭގެ ތެރެއިން ތިން މީހުން ޕޮޒިޓިވްވީ، ހުމުގެ އަލާމާތްތައް ހުރެގެން ޑޮކްޓަރަށް ދައްކަން ގޮސް، ނެގި ސާމަޕްލުތަކުންނެވެ. އަނެއް މީހާ އަކީ، ކޮވިޑް ކޭސްތަކެއް ފެނި މޮނިޓަރިންއަށް ލާފައި އޮތް ތ. ވޭމަންޑޫން ކިނބިދުއަށް ދިޔަ މީހެކެވެ.

ވޭމަންޑޫ މޮނިޓަރިންއަށް ލީ، އެ ރަށުން މާލެ ގެނައި ބަލި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުން މިދިޔަ ހުކުރު ދުވަހު އެވެ. މިދިޔަ މަހުގެ 15ގެ ފަހުން ވޭމަންޑޫއިން ދަތުރި ކުރި އެންމެން އެކަން ހެލްތު ސެންޓަރަށް އެންގުމަށް އެޗްޕީއޭއިން މިހާރު ވަނީ އެދިފަ އެވެ.

ޕޮޒިޓިވް ކޭސްތަކާ ހެދި މިހާރު ކިނބިދޫގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާއިރު، ކައުންސިލް އިންތިހާބުގެ ވޯޓުލުންތަކާ ހެދި ރާއްޖޭގައި ކޮވިޑް ކޭސްތައް އިތުރުވުމުގެ ބިރު އޮތީ ބޮޑުވެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް