ކޮވިޑް19: މިއަދު 88، މާލެއިން 37 ޕޮޒިޓިވް

ޖެނުއަރީ 25، 2021: މާލޭގެ އެކި ސަރަހައްދުގައި މީހުންގެ ކޮވިޑް ރެންޑަމް ސާމްޕަލް ނެގުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ރާއްޖެއިން 88 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭ އިން އާންމުކުރި ހިސާބުތަކަށް ބަލާއިރު މާލެއިން ޕޮޒިޓިވްވީ 37 މީހުންނެވެ. މީހުން އުޅޭ އެހެން ރަށްރަށުން 31 މީހުން ޕޮޒިޓިވްވި އިރު، ރިސޯޓުތަކުން 20 މީހުން ޕޮޒިތިވް ވެފައިވެ އެވެ.

މިއާއެކު ރާއްޖެއިން މިހާތަކަށް 25،524 މީހުން ވަނީ ކޮޕިތިވް ވެފައެވެ.

މިހާރު ބައްޔަށް ފަރުވާ ހޯދަމުންދަނީ 3،019 މީހުންނެވެ. އޭގެ ތެރެއިން 78 މީހަކު ތިބީ ހޮސްޕިޓަލުތަކުގަ އެވެ.

ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ 22.429 އަށް އަރާފައިވާއިރު 67 މީހުން ވަނީ ބަލީގައި މަރުވެފަ އެވެ.

comment ކޮމެންޓް