މާލޭގެ މޭޔަރުކަން މުއިއްޒު ކާމިޔާބު ކުރައްވައިފި

މާލޭގެ މޭޔަރުކަން ކާމިޔާބު ކުރެއްވި ކަމަށް ބެލެވޭ ޕީޕީއެމް ކެންޑިޑޭޓް ޑރ. މުއިއްޒު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެރިރަށް މާލޭގެ މޭޔަރުކަން ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވާނެކަން "ސަން" އަށް މިހާތަނަށް ލިބިފައިވާ ނަތީޖާތަކުން ލަފާކުރެވިއްޖެ އެވެ.

"ސަން"އަށް ލިބިފައިވާ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުން މާލާގެ މޭޔަރު ކަމަށް ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓް މިހާތަނަށް ލިބިފައި ވަނީ ޕީޕީއެމްއިން ވާދަކުރައްވާ ޑރ. މުއިއްޒަޒެވެ. "ސަން"ގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން މުއިއްޒު ވަނީ 9،305 ވޯޓް ހޯއްދަވައިފަ އެވެ. އެއީ ވޯޓް ލީ މީހުންގެ 61.47 ޕަސެންޓެވެ.

ޑރ. މުއިއްޒާ ދެން އެންމެ ކައިރިން ވާދަކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރެވެ. އެގޮތުން އަނަސްއަށް ލިބިވަޑައިގެންނެވީ 5573 ވޯޓެވެ. އެއީ، 36.82 ޕަސެންޓެވެ.

މި ނަތީޖާތަކަށް އަދި ބަދަލު އައުން އެކަށީގެން ވެއެވެ.

ތަފްސީލް އަންނަނީ...

comment ކޮމެންޓް