މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 132 މީހުން، ހޮސްޕިޓަލުގައި 82 މީހުން

މާލޭގެ އެކި ސަރަހައްދުގައި މީހުންގެ ކޮވިޑް ރެންޑަމް ސާމްޕަލް ނެގުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ރާއްޖެއިން 132 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

މިއީ އިއްޔެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދާ ބަލާއިރު، 19 ކޭސްގެ އިތުރުވުމެކެވެ. އިއްޔެ ޕޮޒިޓިވްވެފައި ވަނީ 113 މީހުންނެވެ.

އެޗްޕީއޭއިން މިރޭ އާންމު ކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިއަދުވެސް ގިނަ މީހުން މީހުން ޕޮޒިޓިވްވެފައިވަނީ މާލެ ސީޓީންނެވެ.

އެގޮތުން އިއްޔެ އިރުއޮއްސި 6:00 އިން މިއަދުގެ އިރުއޮއްސި 6:00 އަށް ނެގި 3،000 އަށްވުރެ ގިނަ ސާމްޕަލްއިން މާލެ ސިޓީން 56 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ރަށްރަށުން 54 މީހަކު ވަނީ ޕޮޒިޓިވްވި އިރު، ރިސޯޓުތަކުން 22 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ ޖުމްލަ ކޭސްތަކުގެ އަދަދަކީ، 25،436 އެވެ. އޭގެ ތެރެއިން މީހުންގެ އަދަދަކީ، 22،276 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ބަލި ޖެހިފައި ތިބި މީހުންގެ އަދަދަކީ، 3،074 އެވެ. އޭގެ ތެރެއިން 82 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕީޓަލުގައި އެޑްމިޓްކޮށްގެންނެވެ. ބަލި ޖެހިގެން މަރުވި މީހުންގެ އަދަދަކީ، 67 އެވެ.

comment ކޮމެންޓް